މިއަދު ހަވީރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ. ބައްދަލުވުން އޮތީ 4:15ގަ އެވެ.
މިއީ ކޮވިޑް-19 މާލޭގައި ފެތުރުނު ފަހުން ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ކޮވިޑް-19 ރާއްޖެ އިން ފެނުނު ފަހުން ރައީސް ނޫސްވެރިންނާ ބައްދަލު ކުރެއްވި އެވެ. އަދި މުހިންމު ވާހަކަތަކެއް އެ ބައްދަލުވުމުގައި ހިއްސާ ކުރެއްވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުހިންމު ނިންމެވުންތަކެއް ހާމަ ކުރައްވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލާނެ ސީދާ ތާރީހެއް ވިދާޅުވާނެ ކަމަށް ވަނީ އެނގިފަ އެވެ.
މާލޭގައި ކޮވިޑް-19 ފެތުރުނު ފަހުން ރައީސް ސޯލިހު ތިން ފަހަރެއްގެ މަތިން ގައުމާ މުހާތަބު ކުރައްވާފައިވެ އެވެ.