ހިޔާ މަޝްރޫއު

ސަރުކާރު، ހިޔާ ފްލެޓުގެ ހިޔަނީ ތެރޭ

ހިޔާ ޕްރޮޖެކްޓްގެ ޓަވަރުތަކުގައި ހިމެނޭ ފްލެޓްތަކާ ބެހޭ ގޮތުން އަވަސް އިން ތައްޔާރުކޮށްފައިވާ ވިޑިއޯ ރިޕޯޓް

ހަމަ ހަގީގަތުގައި ވެސް މި އިމާރާތްތައް ދުރުން ބަލާލަން ވަރަށް ފުރިހަމަވެފައި ރީއްޗެވެ. ފޮޓޯއެއް ނަގާލަން ވެސް ވަރަށް ރީއްޗެވެ. ފެހި ކުލަ އާއި ދަނބުކުލަ އަދި ނޫނު ކުލައިގެ މި ޓަވަރުތައް ފެނުމުން ހިތަށް ފިނިކަން ވެސް ލިބެ އެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ހުންނަ މި ޒާތުގެ އިމާރާތްތަކުގެ ހިޔަނީގެ ތެރެއަށް މީހާ ގޮވައިގެން ދެއެވެ. އިހުސާސްތައް މިގޮތަށް ހުއްޓަސް ހިޔާ ޓަވަރުތަކާ ވައި އެޅިލިއަސް މިހާރު އުފެދެނީ ސުވާލެވެ. އެޗްޑީސީން ހިޔާ ފްލެޓް ބަލަން ނޫސްވެރިންނަށް ދިން ފުރުސަތުގައި ހުޅުމާލޭގެ އެ ސަރަހައްދަށް ސައިކަލް ދިޔައިރު ފަހަތުގައި އިން ނޫސްވެރިޔާގެ ވެސް ކުރަމުން ދިޔައީ ސުވާލުތަކެކެވެ. ބަލަން ވަންނަ ހިޔާ ފްލެޓް ވާނީ ކޮތަރު ކޮއްޓަކަށް ހެއްޔެވެ؟ ދޫނި ކޮއްޓަކަށް ހެއްޔެވެ؟ ނުވަތަ ބަކަރި ކޮއްޓަކަށް ހެއްޔެވެ؟

ޓަވަރުތައް ކައިރިއަށް ފައިބާ މަތި ބަލާލުމާއެކު ބޯމައްޗަށް އަރުވާފައި އޮތް އަވި އައިނު ވެއްޓިއްޖެ އެވެ. މިއީ މަދުން ނޫނީ ނުވާ ކަމެކެވެ. ހިޔާ ފްލެޓް ޓަވަރު ތަކަކީ ރާއްޖޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލަކޭ އެއް އުސް މިނެއްގެ އިމާރާތްތަކެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ. ބަލާލަން މި ވަދެވުނީ ހިޔާ މަޝްރޫއުގެ ޓަވަރުތަކުގައި ހިމެނޭ ހަތަރު ލިފްޓް ހިމެނޭ ފްލެޓް އިމާރާތަކަށެވެ. މީގެ 10 ޓަވަރު މި މަޝްރޫއުގެ ދަށުން އަޅާފައި ހުރެ އެވެ.

ނޫސްވެރިން ގެންގޮސް ބްރީފިން ދިން އެޗުޑީސީގެ މުވައްޒަފުގެ، އެދުމަކަށް ވީ ފަހަރަކު ތިން ނޫސްވެރިން މައްޗަށް ދާށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ލިފްޓްގައި ޖާގަ ނެތުމެވެ. ފަހަރުގައި މިއީ ކޮވިޑް-19 އުޅޭ ދުވަސްކޮޅަކަށްވާތީ ލިފްޓުގެ ތެރޭގައި ސޯޝަލް ޑިސްޓެންސިން ބަހައްޓަން ދިން އިރުޝާދަކަށް ވެސް ވެދާނެ އެވެ. އެކަމަކު އޭގެ ލިފްޓެއްގެ ކެޕޭސިޓީގައި އެއް ފަހަރާ 14 މީހުނަށް އެރެއެވެ. މި ލިފްޓު ހުންނަ ޓަވަރުތަކުން އެއް ފަހަރާ 56 މީހުންނަށް އަރާ ފޭބޭނެ އެވެ. މި ވާހަކަ އެއްވެސް މީހަކު. ބުނެދޭކަށް ނުޖެހެ އެވެ.

ހިޔާ ފްލެޓުގެ 7000 ފްލެޓުގެ ބައެއް: މި އަހަރު ނިމޭނެ ކަމަށް އެޗްޑީސީ އިން ބުނޭ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

ހިޔާ މަޝްރޫއުގެ ޓަވަރުތަކުގައި އަޅާފައިވާ ތިން ލިފްޓް ހިމެނޭ، ހަ ޓަވަރުން އެއް ވަގުތެއްގައި 42 މީހުންނަށް އަރާ ފޭބޭނެ އެވެ. އެވްރެޖު ގޮތެއްގައި ލިފްޓެއް 24 ވަނަ ބުރިން ބިމާ ހަމައަށް 31 ސިކުންތުން ދަތުރު ކުރެ އެވެ. މި ލިފްޓްތަކަކީ ބްރިޓިޝް ސްޓޭންޑަޑްގެ ލިފްޓް ތަކެވެ. އަދި މިއީ ބޭނުންވާ ސްޕީޑަކަށް އެޖެސްޓް ވެސް ކުރެވޭ ލިފްޓްތަކެކެވެ.

މައްޗަށް އަރަން ލިފްޓަށް އެރިތަނުން ސުވާލެއް އުފެދިއްޖެ އެވެ. މީގެ ތެރެއިން 10 ޓަވަރުގައި 392 އެޕާޓްމަންޓް ހުންނާނެ އެވެ. އަދި ބާކީ ހުރި ހަ ޓަވަރުގައި 490 އެޕާޓްމަންޓް ހުރެ އެވެ. މި އުސް އިމާރާތުގައި އުޅޭ މީހުންނަށް އަރައިފައިބަން މި ލިފްޓް މަދެއް ނުވާނެ ހެއްޔެވެ؟

މި ސުވާލާއެކު، ދުނިޔޭގެ ބައެއް ގައުމުތަކުގައި މިފަދަ އިމާރާތްތައް ހުންނަ މޮޑެލްތައް ބެލި އިރު ދިވެހިން އަބަދުވެސް މިސާލު ނަގަނީ ސިންގަޕޫރުންނެވެ. އެ ގައުމުގެ ޑޮކްޓަން ޓަވަރުގައި 50 ބުރި ހުރެ އެވެ. އެތަނުގައި ހުންނަނީ ފަސް ލިފްޓް އެވެ. އެހެންވެ އުފެދުނު ސުވާލަކީ މައްސަލައެކޭ ބުނެވޭކަަށެއް ނެތެވެ.

ހިޔާ ފްލެޓުގެ ލިފްޓަކުން 30 ސިކުންތުން އެއް ފަހަރާ 50 މީހުންނަށް އަރައިފޭބޭނަމަ މިނެޓެއްގެ ތެރޭ 100 މީހުން އަރައިފައިބާނެ އެވެ. އަދި ގަޑިއިރަކަށް ބަލާނަމަ 6،000 މީހުނަށް އަރާ ފޭބޭނެ އެވެ.

ހިޔާ ފްލެޓުގެ 7000 ފްލެޓުގެ ލިފްޓް ހުންނަ އޭރިއާ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

ހިޔާ ފްލެޓުގެ ލިފްޓުގެ ދުވެއްޔާއި އޭގެ ޖާގައިގައި މައްސަލައެއް ނެތް ނަމަވެސް، މި ފްލެޓުތަކުގެ ލިފްޓް އޭރިއާގެ ސްޕޭސްގެ ޖާގަ ކުޑަ ކަމަށް ފާހަގަ ކުރެވެ އެވެ. އެކަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވެސް ފާހަގަ ކޮށް ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފްލެޓުގެ ޑިޒައިންނާމެދު އެއްޗެއް ވިދާޅުވާކަށް ބޭނުންފުޅެއް ނުވެއެވެ. ނަމަވެސް ފްލެޓު މިހާރު ހުރި ސައިޒަށް ސޯޝަލް ހައުސިން އެއް ހެދުމުން މައްސަލަ ކުރިމަތިވާނެ ކަމަށް ގަބޫލު ކުރައްވަ އެވެ.

ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ސިޓިން ރޫމް -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

"ޑިޒައިންއާ ބެހޭ ގޮތުން އެއްޗެއް ނުބުނާނަން. އެކަމަކު މި ސައިޒު [އެޕާޓްމަންޓް] ވެސް ބޭނުންވޭ. އެ ކަމަކު މި އަދަދަށް ހެދީމަ އަޅުގަނޑުގެ ސެންސް މޭކް ނުކުރޭ" އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީ އިން ވަނީ ހިޔާ މަޝްރޫއުގެ 7،000 އެޕާޓްމަންޓުގެ ތެރެއިން ބައެއް އަސާސީ ހިދުމަތްތައް ނަގާފަ އެވެ. ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯއިން މި ޖާގަ ނެގީ ފްލެޓުގައި އުޅޭ މީހުނަށް ބޭނުންވާނެ އަސާސީ ހިދުމަތް ފޯރުކޮށްދޭނެ އޮފީސް ފަދަ ތަންތަން ހަދާށެވެ.

މި މަޝްރޫއުގެ އެޕާޓްމަންޓެއްގެ ބޮޑު މިނަކީ 570 އަކަފޫޓް އެވެ. ހުރިހާ އެޕާޓްމަންޓަކީ ވެސް ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. މީގެ ކޮޓަރިއެއްގެ އެވްރެޖު ދިގު މިނުގައި 10.50 ފޫޓެވެ. ހުންނައިރު، ފުޅާ މިނުގެ ބޮޑު މިނުގައި 9.50 ފޫޓު ހުރެ އެވެ. ހުރިހާ އެޕާޓްމަންޓް ތަކެއް ވެސް މާލޭގައި ހުންނަ އެޕާޓްމަންޓް ތަކަށްވުރެ ސިޓިން ރޫމް ބޮޑެވެ. ސިޓިން ރޫމުގެ ދިގު މިނުގައި 25 ފޫޓު ހުންނައިރު ފުޅާ މިނުގައި 10 ފޫޓެވެ.

ދެން އޮތީ، ފާހާނާ އެވެ. ފާހާނާއެއްގެ ފުޅާ މިނުގައި 3.50 ފޫޓު ހުންނައިރު ދިގު މިނުގައި 6.50 ފޫޓު ހުރެ އެވެ. ކޮންމެ އެޕާޓްމަންޓެއްގައި ވެސް ދޮންނަ މެޝިން ބަހައްޓަން ބެލްކަނީގައި ހާއްސަ ތަންކޮޅެއް ވެސް ހަދާފައި ހުރެ އެވެ. ހިޔާ ފްލެޓުގެ 90 ޕަސެންޓު މަސައްކަތް ވަނީ ނިމިފަ އެވެ.

މިހާރު ނުނިމި ހުރީ މި ފްލެޓުގެ އިންޓީރިއާގައި ކުރަން ޖެހޭ ބައެއް މަސައްކަތް ތަކެވެ، އެޗްޑީސީ އިން ބުނަނީ އއބައި ފުރިހަމަ ނުވީ، ޗައިނާ ސަރުކާރު މެދުވެރިކޮށް މި ސަރުކާރުން ނަގަން އުޅުނު 45 މިލިއަން ޑޮލަރުގެ ލޯނެއް ނުލިބިގެނެވެ. އެހެންވެ، އެޕާޓްމަންޓުގައި ކުލަ ލުމާއި ބޮކި ހަރު ކުރުމާއި އެތެރޭގެ ދޮރުތައް ހަރުކުރުން އަދި ފަންކާ އާއި ބޮކީގެ އިތުރުން ބަދިގެ ކަބަޑުސެޓު ހަރުކުރުމުގެ އިތުރުން ކޭބަލް ޓީވީ ފަދަ ވަސީލަތްތައް ހަރު ނުކޮށް ހުރީ އެވެ.

ހިޔާ ފްލެޓުގެ އެޕާޓްމަންޓުގެ ސިޓިން ރޫމެއް -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

ސުވާލަކީ ކުރީ ސަރުކާރުން 400 މިލިއަން ޑޮލަރުގެ ލޯނެއްގައި ތަން ހެދިއިރު، މި ސަރުކާރަށް އެންމެ 40 މިލިއަން ޑޮލަރު ނުލިބެންވީ ކީއްވެގެން ހެއްޔެވެ؟

މީގައި ގިނަ ކަންކަން ހިމެނެ އެވެ. މީގެ އެއް ހަގީގަތަކީ ވެރިކަމަށް އަންނަން މި ސަރުކާރުގެ ވެރިން، ހާއްސަކޮށް ރައީސް މުހައްމަދު ނަޝީދު ދުނިޔޭގެ މީޑިއާގައި ދައްކާފައިވާ ވާހަކަ ތަކުގެ "ހިތި" ރަހައާ ކުރިމަތިވުމެވެ. މި ފްލެޓުތައް އަޅަނީ ޗައިނާ ސަރުކާރުގެ އެންމެ ބާރު ގަދަ އެއް ކުންފުނި ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. މި މަޝްރޫއު ހިންގަން 400 މިލިއަން ޑޮލަރުގެ ލޯނު ދިނީ ޗައިނާގެ އައިސީބީސީ ބޭންކް އިންނެވެ. އަދި މި ފްލެޓުގެ އިންޓީރިއާ ނިންމަން ލޯނު ނަގަން ނިންމާފައި އޮތީ ކްރެޑިޓް ސުވިސް ބޭންކް އިންނެވެ.

މި ތަން ތަނުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލޯނު ދިނީ ޗައިނާގެ ރައީސް ޝީ ރާއްޖެ ވަޑައިގެން ރާއްޖޭގެ ބޯހިޔާވަހި ކަމަށް އެހީވާން އެދިވަޑައި ގަތުމުންނެވެ. އެއީ ކޮންމެހެން ރައީސް ޔާމީންގެ އިގްތިސޯދީ މާމޮޅު ޖާދޫއަކުންވީ ކަމެއް ނޫނެވެ. ކައިރި ގުޅުމުގެ ސަބަބުންވީ ކަމެކެވެ.

ނަމަވެސް ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި މި ސަރުކާރުގެ އިސްވެރިން ސިޔާސީ ޖޯޝުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކާ މެދު ވާހަކަ ދައްކަމުން ގޮސް ހެދި ގޯސްތަކުގެ ނަތީޖާއަކީ، މި ފްލެޓަށް އިތުރަށް ފައިނޭންސް ކުރަން ބޭރުގެ ފައިނޭންޝަލް އިންސްޓިޓިއުޓް ތަކުން ފަސް ޖެހުމެވެ. އަނެއް ކަމަކީ 2019 ގައި ރާއްޖޭގެ އިގްތިސޯދު ހީނަރުވެ، ފިޗް ފަދަ ތަން ތަނުން ރާއްޖޭގެ ރޭޓިން ދަށް ކުރުމެވެ. އެހެންވެ، ރާއްޖެ ދަރަނި ނެގުމުގެ ގާބިލްކަން ވަނީ ދަށްވެފަ އެވެ. މިހެން އޮއްވާ ކޮވިޑް-19 ލައްވާލުމުން ސަރުކާރަށް ދެން މިކަން ނުވާނެ ކަން ޔަގީންވި އެވެ.

ހިޔާ ފްލެޓުގެ 7000 ފްލެޓުގެ ބައެއް: މި އަހަރު ނިމޭނެ ކަމަށް އެޗްޑީސީ އިން ބުނޭ -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް

އެޗްޑީސީ އިން މިހާރު ނިންމާފައި ވަނީ މި ފްލެޓުގެ ފިނިޝިން އަށް އިތުރަށް ލޯނު ނުނަގާށެވެ. އެހެންވެ ހުރިހާ ބުރައެއް ކުރިމަތި ވާނީ މި ފްލެޓް ލިބުނު ރައްޔިތުން ނަށެވެ. މިހާރު އޮތް ގޮތުން މި ފްލެޓަށް ވަދެވޭ ވަރު ކުރާނަމަ އިތުރަށް، ކޮންމެ ގޮތަކުން ނަމަވެސް 90،000ރ. ވަރު ބޭނުން ވާނެ އެވެ.

މިހެންވެ، މިހާރު މި ފްލެޓްތައް ދޫކުރަން ނިންމާފައި ވަނީ "ޝެފްސްޕޭސް" ނުވަތަ "ގްރޭ ޝެލް" އުސޫލުން ނެވެ. މިއީ ވެސް ދުނިޔޭގައި ފްލެޓު ދޭ މޮޑެލް އެކެވެ. މި އުސޫލުން ހަވާލު ކުރާ ފްލެޓްތަކުގައި ހަމައެކަނި ފުރިހަމަ ކޮށްފައި ހުންނާނީ އޮނިގަނޑު އެކަންޏެވެ. އެޗްޑީސީން ވަނީ މިގޮތަށް ފްލެޓު ދޭއިރު ވެސް ފްލެޓު ނިންމަން ކުލި ނުހިނގާ "ކުލި ފްރީ ހޮލިޑޭ" އެއް ދޭނެ ކަމަށް ބުނެފަ އެވެ. އެހެންވެ މިއީވެސް ފްލެޓު ލިބުނު މީހުންނަށް ލިބޭނެ ޔަގީން ކަމެވެ.

ނަމަވެސް ސުވާލަކީ މި ފްލެޓު ނިމޭނީ ކޮން ދުވަހަކަކާއި ފްލެޓަށް ދައްކަން ޖެހޭ އަދަދު ބޮޑުވުމުގެ ޝަކުވާ އެވެ.

ހިޔާ ފްލެޓުގެ 7000 ފްލެޓުގެ ބައެއް -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް


މާލޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަކީ 16،000ރ. އެވެ. މި ފްލެޓުގެ އަގަކީ 11،000ރ. އެވެ. މިގޮތަށް ކޮމްޕެއާ ކުރާނަމަ ކުޑަ ކަމަށް ބުނެވި ދާނެ އެވެ. އެކަމަކު މިއީ ސޯޝަލް ހައުސިންގެ ވިސްނުމުން ބަލާނަމަ ނިސްބަތުން ބޮޑު އަދަދެކެވެ. އެކަން ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުހައްމަދު މުއިއްޒު ވެސް ފާހަގަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވާ ގޮތުން މަހަކު ދައްކާ އަދަދު 6،000ރ. އަށް ކުޑަވާން ޖެހޭނެ އެވެ. މިއީ ކޮން ތަނަކުން މުއިއްޒު ނެރެގެން އުޅޭ އަދަދެއް ހެއްޔެވެ؟ އަދި ކުއްލި އަކަށް ފްލެޓުގެ އަގު ފްލެޓުގެ އަގު 11،000ރ. އަށް މަތިވީ ކީއް ވެގެން ހެއްޔެވެ؟

ރައީސް ޔާމީންގެ ވެރިކަން ނިމޭން ދިޔަ ވަގުތު ނެރުނު "ހިޔާ ފްލެޓް" އަށް ފައިސާ ދެއްކޭނެ ހަ ގޮތެއް އިއުލާނު ކުރި އެވެ. އޭރު ބަލާފައިވާ ފިނިޝިން އާއި އިމާރާތް ކުރުމުގެ އަގު ހިމެނޭ ގޮތަށް ފްލެޓުގެ އަގަކީ 1.2 މިލިއަން ރުފިޔާ ކަމަށެވެ. އޭރު ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން އިއުލާނު ކުރީ 15،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދެކެވެ. އޭރުން އެވްރެޖު ގޮތެއްގައި ދައްކަން ޖެހޭ އަދަދު 4،168ރ. އާއި 6،919ރ އަށް ކުޑަ ވެއެވެ. ނަމަވެސް އެއީ އިންތިހާބު ކަމަށް ވުމުން ޑައުންޕޭމަންޓުގެ ވާހަކަ ފަހުން އޭރުގެ ސަރުކާރުން ނުދައްކަ އެވެ. ނަމަވެސް މިހާރު ހިސާބު ހަދާފައި އެވަނީ އެ އަދަދު އެއްކޮށްގެ ކަމަށް ވެދާނެ އެވެ. އެހެންވެ، މިހާރު އެޕާޓްމަންޓުގެ އަގަކީ މި ސަރުކާރުން ބުނަނީ 11،000ރ. އެވެ. މި ފްލެޓުގެ އަގު ދައްކާ ހަލާސް ކުރަން 20 އަހަރު ލިބެ އެވެ. ނަމަވެސް މި އަހަރުން ހިސާބެއް ހަދާނަމަ ވެސް މަހަކު ޖެހޭ އަދަދު 11،000ރ. އަށް ނާރަ އެވެ.

މި ޓަވަރު ތަކެއް ވެސް މި ހަގީގަތް ތަކެއް ވެސް ބަދަލެއް ނުކުރެވޭނެ އެވެ. މިއީ އެތައް ބައެއްގެ ހައްގާ ގުޅިފައިވާ ވެސް ބިނާ ތަނެކެވެ. އެތަށް އާއިލާއެއްގެ އުންމީދެވެ. ހިޔާ ފްލެޓުން ބުނެދެނީ އެ ވާހަކަ އެވެ. އެކަމަކު އެ ތަންތަން ކޮތަރު ކޮއްޓެއްގެ ގޮތުގައި މިވަނީ މި ހަގީގަތަށް ހިޔާއެޅި ފޮރުވިފަ އެވެ. ސަރުކާރު އޮތީ ހިޔާ ފްލެޓްގެ ހިޔަނީގެ ތެރޭގަ އެވެ.

26 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

މާލޭގަ މީހުން ކުއްޔަށްދީފަ ހުރި ތޮފަޅު ތަކަށްވުރެ މާބޮޑެއްނު. ދެން ކޮންހާ ވާހަކައެއް މި އެމް.ޑީ.ޕީ މީހުން މިދައްކަނީ. ލިސްޓު ސުޕެޝަލައިޒް ކުރަންވެގެން ހަމަ ނުދީ ތިތިބެނީ. ވަކި ބަޔަކަށް ދޭންވެގެން. ދެތިން ތަން ކުއްޔަށް ހިފައިގެން އުޅުނިން. ހުރިހާ ތަނަކަށްވުރެ ތިތަން ބޮޑު. މަހުޖަނުން ގަނޑުވަރަށްވުރެ އާނ ކުޑަ. އެމީހުނަށް ހީވާނީ އެއީ ތޮފަޅެއްހެން.

ރަދީފް ހުސެން

6" × 4" ގަލެއް ވިޔަސް އޯ ކޭ. ތިތަންދީބަލަ. ތެދައް ހުންނަ މީހަ ކުލައްވާ އަހަރުމެން ތިތާ ދޮރުލާފާނަން، ނިދި ނުޖެހޭ މީހަ ކު ލައްވާ ޓައިލްސް ވެސް ޖެހިދާނެ. ތިތަން ދީބަލަ. މިސަރު ކާރުން މާސިންގާ ހަވޭލީ ހަދާފަ ކަބަޑާ ދޮރާ ޓައިލްސާޖަހާފަ ކޮންމެ މީހަ ކައް ލިފްޓަ ކާއެ ކު ހަދާނިންމާ ފްލެޓްތައް ނިމެންދެންވެސް މިއުޅޭގޮތް ނޫންގޮތެއް ހޯދަން އެބަޖެހޭތާ. އަވަސް ކުރޭ ތި 7،000 އަވަހައްގެނޭ.

ސުމެއް

ކޮންމެ އެޕާޓުމަންޓަކަށް ލިފްޓެއް ނެތިއްޔާ ކީއްކުރާ ތަނެއް.

ޣޗފދ

ވެގެންތިއުޅެނީ އެންމެގޮތެއް. ތިތަންތަނަށް މީހުން ބަދަލުވީމަ މާލެ ކުލިން ކައިބޮއިއުޅޭ މުއްސަދިން ބަނޑަށްޖެހިދާނެތީ ސަރުކާރު ރޯމަހެއް ތެޅޭހެންތެޅެނީ

އަލީ3

ލިފްޓް ދަނީ އެއްވެސްބުރިއެއްގަ މަޑުނުކޮށްތަ؟! އަނެއްކަމަކީ ހޯދަންޖެހޭނީ ވޯޓަރޕްރޫފް ދޮންނަމެސިންދޯ؟!

މެޝިން

ވާރޭ ވެހެނީ ތިރިން މައްޗަށްތަ؟

މޮޑަފް

ލިއުންތެރިޔާގެ ވިސްނުމުގަހުރީ 25 ބުރީގެ އިނާރާތުގަ ލިފްޓުން މީހުން އަރާނީ ނުވަތަ ފައިބާނީ ހަމައެކަނި 25 ވަނަ ބުރިޔަށްކަމަށް. އާނ އޭރުން 30 ސިކުންތުން މައްޗަށްއެރިދާނެ. ބިޒީގަޑިއެއްގަ ވިސްނާލާ ހުރިހާ ބުރިއެއްގަ މީހުން ކިޔޫޖެހިގެން ފިއްތަފިއްތާ ތިބިއްޔޯ. ކޮންމެ ބުރިޔަކަށް ލިފްޓް މަޑުކޮށް މީހުން އަރަން މަޑުކުރާނެ. ކިތަށް މިނެޓްވާނެބާ 25 ބުރިޔަށް މަޑުކޮއްފަ އަންނައިރު. ހުޅުމާލެއަށް ފެރީގަ ދިއުމެކޭ އެއްވަރުވާނެ.

ޕަކަޗޭ

ސިންގަޕޫރުގެ ޑޮކްޓަން ޓަވަރުގަ 50 ބުރި ހުންނަނީ 5 ލިފްޓް، އެތަނުގެ 90% މީހުނަކީ އޮފީސްތަކައް ދާމީހުން.

ނަން

1 ކޮޓަރި ފުލެޓް ކޮބާ؟

ދޮން މަނިކު

މާލޭ 2021 ވަނައަހަރު ކުލި ތައް ... 1 ރޫމް އެޕާޓްމަންޓް .... 6500 ރުފިޔާ 2 " " 12000 " 3 " " 15000 " 3+1 "" " 18000 "

ފައިވާން

ހެޔޮނުވާނެ ދެން ތިތަން ދޭންއުޅޭ އަވަހަށް. މަށަށް ޔަގީން ތިތަން ފުރޭވަރަށް މީހުން ވަންނާނެކަން.

ތެފައާސާ

"ހިޔާ ފްލެޓުގެ ލިފްޓަކުން 30 ސިކުންތުން އެއް ފަހަރާ 50 މީހުންނަށް އަރައިފޭބޭނަމަ މިނެޓެއްގެ ތެރޭ 100 މީހުން އަރައިފައިބާނެ އެވެ. އަދި ގަޑިއިރަކަށް ބަލާނަމަ 6،000 މީހުނަށް އަރާ ފޭބޭނެ އެވެ." ދޮންކަލޯ ކިހިނެތް ހިސާބު ތިޔަ ޖަހަނީ؟ ލިފްޓް އަންނަނީ އެންމެ މަތިން އެންމެ ތިރިޔަށް އެކަނިތަ؟ އެހެން އެއްވެސް ފްލޯއަކަށް މަޑު ނުކުރޭތަ؟ ލިފްޓަށް މީހުން އަރާ ފައިބަންވެސް އެއްވެސް ވަގުތެއް ނުދޭތަ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345