ހިޔާ މަޝްރޫއު

ހިޔާ ފްލެޓަށް ކައްކާ ގޭސް ފޯރުކޮށްދޭނީ ހޮޅިއަކުން

Apr 24, 2021
2
ހިޔާ ފްލެޓުގެ ބޭސް މަންޓް: ގޭސް ފޯރުކޮށްދޭނީ ތިރީގައި ފުޅި ބަހައްޓައިގެން ހޮޅި އަޅައިގެން -- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
66.7%
33.3%
0%

ހިޔާ ފްލެޓަށް ކައްކާ ގޭސް ފޯރުކޮށް ދޭނީ ފުޅިތައް އިމާރާތުގެ ތިރީގައި ބަހައްޓައި ހޮޅި އަޅައިގެން ކަމަށް، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ހިޔާ ފްލެޓުގެ 6،000 އަށް ވުރެ ގިނަ އެޕާޓްމަންޓުގެ ކޮންމެ ބަޔަކަށް ގޭސް ފުޅި އެރުވުމަކީ ދަތިކަމަށް ވާނެ ކަމަށާ، އެހެންކަމުން މި ބޮޑު އާބާދީއަށް ގޭސް ފޯރުކޮށް ދޭނެ އިންތިޒާމެއް ހަމަޖައްސަން މޯލްޑިވްގޭސްއާ ވާހަކަ ދައްކަވަމުންދާ ކަމަށެވެ.

"ކޮންމެ ފްލެޓަކަށް ލިފްޓުން ގޭސް އެރުވުމަކީ ވަރަށް ދަތިކަމަށް ވާނެ. އެ [ގޭހު] ގެ ހިދުމަތް ވެސް މީހުން އުޅެން ފަށާއިރަށް ނުވުމަކީ ފަހަރުގައި ވެދާނެ ކަމެއް. އެކަމަކު މި ބަލަނީ މާލަސްތަކެއް ނުވެ އެ ހިދުމަތް ވެސް ދޭން ފަށަން،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 10 ވަރަކަށް ދުވަހުގެ ތެރޭގައި ފްލެޓުތަކުގެ ގުރުއަތުލުމުގެ މަސައްކަތް ނިމި، އަންނަ ހަފުތާ ތެރޭގައި ފްލެޓުތައް ހަވާލު ކުރަން ފެށޭނެ ކަމަށެވެ.

"މި ބަލަނީ މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާ ލެވޭނެ ކަމަށް. ތަން ހަވާލު ކުރެވި އެތަނުގައި ނުނިމި ހުރި ކަންކަން ނިންމަން ލިބޭނެ ތިން މަސް. ނިމޭވަރަކަށް މީހުން ވަންނަމުން ދާނީ،" ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީން ވަނީ ހިޔާފްލެޓުގެ ބޮޑު އާބާދީ އަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދޭނެ ތަންތަން ހަދަން ބިޑު ވެސް ކޮށްފަ އެވެ. ބޯކޮށާތަނާއި ފިހާރަ ފަދަ އާއްމު ހިދުމަތްތައް ވެސް އާބާދީ މި އިމާރާތަށް ވަންނަންވާއިރަށް ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"ތިރީގައި 280 ފްލެޓު މި އަޅަނީ އެސެންޝިއަލް ހިދުމަތްތަކަށް. މިސާލަކަށް ސުޕަމާކެޓު ހުންނާނެ. ބޯކޮށާ ތަންތަން ހުންނާނެ. މިވަރުގެ އާބާދީއެއް ދާއިރު ދަތިތަކެއް ހުންނާނެ. އެކަމަކު އަޅުގަނޑުމެން ބަލައިދޭނަން ވީހާވެސް ރަނގަޅަށް ކަންތައް ކޮށްދޭން،"

އޭނާ ވިދާޅުވީ މި ފްލެޓަށް މީހުން ވަންވަން ވާއިރަށް އެމްޓީސީސީ އިން ބަހުގެ ހިދުމަތް ދޭނެ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމެންޓް ދައްކަން އުނދަގޫވާނަމަ ދިގުމުއްދަތަކަށް ބަހާލައިގެން އެ އަދަދު ދެއްކުމުގެ ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ އެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7،500 ރުފިޔާ ދައްކަން ޖެހެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙާނީ

މަހަކަށް 7500ރ އަދި އިންނާނެ އެޗްޑީސީ އިން ނަގާ ކަޓެއް، މެއިންޓަނަސް ފީއޭ ކިޔާފަ، އެޔަށް ނަގާނެ 1000ރ އެހެން ވީމާ މުޅިއެކު މަހަކު ދައްކަން ޖެހޭއެބަ 8500ރ މިއީކީ ނިކަމެތިންނަށް އެކަށީގެންވާ ކުއްޔެއްނޫން. އަދި އިންސާފެއްވެސް ނޫން. ރ.ޔާމީނުގެ ދައުރުގައި ދޫކުރި ފުލެޓުތަކަކީ 3ކޮޓަރި 3ފާޚާނާ، މެއިންޓަނަށް ފީއާއިއެކު 7000ރ އެތަނުގެ މަހުކުއްޔަކީ. ޢެއީ ހަމަ ހިޔާ ފުލެޓުތަށް އެޅި ކުންފުނިން އަޅާނިންމި ފުލެޓުތަކެއް ދެން ހިޔާ ފުލެޓުތަށް އަގުބޮޑުވުމަކީ އަޖައިބެއް. ޢެވެސް ފިނިޝިންގ ވެސް ނުނިންމާ.

ޙަބީބު.

މަކައްކަފާނަން ދަރުޖަހައިގެން އަވަހައް ދެންވެސް ތިޔަލިސްޓުގަ ތިބިމީހުނައް ތަންހަވާލުކުރޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345