ހަބަރު

މުއިއްޒުގެ ބައްޕާފުޅު މައްކާގައި އަވަހާރަވެއްޖެ

Sep 29, 2015
1

ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު، ޝެއިހް ހުސެން އަބްދުއްރަމްހާމް މައްކާގައި އަވަހާރަވެއްޖެ އެވެ.

ރާއްޖޭގެ ބޮޑެތި ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަަޑައިގަންނަވާ ހުސެން އަބްދުއްރަހުމާން އަވަހާރަވީ ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވަނިކޮށް ރޭ ދަންވަރު މައްކާގަ އެވެ. ހުސެން އަބްދުއްރަހުމާން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. ހުސެން އަބްދުއްރަހުމާން އާއި އަނބިކަނބަލުން ހައްޖަށް ވަޑައިގެންނެވީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައުސިން މިނިސްޓަރު މުއިއްޒާއި އަނބިކަބަލުން ވެސް ހައްޖުގެ އަޅުކަން އަދާ ކުރެއްވުމަށް ތިއްބެވީ ސައުދީ އަރަބިއްޔާގަ އެވެ.

ހުސެން އަބްދުއްރަހުމާން ކުރިން ވަނީ ދައުލަތުގެ މަގާމުތައް ވެސް އަދާ ކުރައްވައިފަ އެވެ.

ހުސެން އަބްދުއްރަހްމާންގެ މައްޗަށް ރޭ ވަނީ މަސްޖިދުލް ހަރަމްގައި ކަށުނަމާދުކޮށް ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ.

މުއިއްޒުގެ ބައްޕާފުޅު ނިޔާވުމާ ގުޅިގެން، ރައީސް ވަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.