ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ރިޕޯޓް: 1300 ޓެސްޓުން ޕޮޒިޓިވް 18

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 18 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރު 1386 ޓެސްޓެއް ކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވީ 18 ސާމްޕަލެވެ. ގިނައީ ބިދޭސީންނެވެ. 18 މީހުންގެ ތެރެއިން ހަތް މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 11 މީހުންނެވެ. މިއަދު ޕޮޒިޓިވްވީ 18 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,400 އަށް އަރާފައެވެ.

ކޮވިޑަށް 52،962 މީހުން ޓެސްޓްކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 10 މީހަކު ވަނީ މަރުވެފަ އެވެ. ކޮވިޑްގެ އެންމެ ފަހުން މީހަކު މަރުވީ ރޭ ގައެވެ. ރޭ މަރުވެފައިވަނީ 92 އަހަރުގެ މީހެކެވެ. އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

ރާއްޖެއިން ކޮވިޑްގައި ފުރަަަތަމަ މީހަކު މަރުވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ރޭ އިރުއޮއްސި 7:10 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެކެވެ. އޭގެ ފަހުުން މެއި މަހުގެ 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ފިރިހެނަކު އެ ބަލީގައި މަރުވިއެވެ. އަދި މެއި މަހުގެ 8 ވަނަ ދުވަހު އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ މަޝްހޫރު ވިޔަފާރިޔާ މަރޮށީ ހުސައިން އަބްދުﷲ (އެމްއެޗްއޭ)ވެސް ވަނީ ކޮވިޑް ބަލީގައި އަވަހާރަވެފައެވެ.

މެއި މަހުގެ 26 ވަނަ ދުވަހު ކޮވިޑްގައި ހަތަރުވަނަ މީހަކު މަރުވިއެވެ. ބަންގްލަދޭޝްއަށް ނިސްބަތްވާ އެ މީހާ މަރުވެފައި އޮއްވާ ފެނުނީ މަގެއްގެ މަތީ އޮއްވައެވެ. އަދި ޖޫން 1 ވަނަ ދުވަހު ޓްރީޓޮޕްގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އުމުރުން 54 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ފަހުން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޖޫން ހަ ވަނަ ދުވަހު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހަކުވެސް ވަނީ މަރުވެފައެވެ. އޭނާއަކީވެސް ކޮވިޑް ބަލި މީހެކެވެ. ކޮވިޑް ޖެހިގެން އެންމެ ފަހުން މީހަކު މަރުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ ދުވަހު މަރުވީ ފިލިޕީންސްއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

ކޮވިޑް ޖެހުނު އުމުރުން 80 އަހަރުގެ އަންހެނެއްވެސް ވަނީ މަރުވެފައެވެ. ނަމަވެސް އޭނާ މަރުވީ ކޮވިޑް ބަލިން ރަނގަޅުވީ ފަހުންނެވެ. އޭނާއަކީ ބަނޑުގެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.