އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުބައި ރޭވުމެއް އޮތް ކަމަށް ތުހުމަތުކުރައްވައި ޖަރުމަނުގެ ވައިސް ޗާންސެލަރު ރޮބަޓް ހެބެކް ވިދާޅުވީ ޔޫރަޕްްގެ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފައްދަން ރޭވުމަކީ ޓްރަމްޕް ކުޅުއްވާ އަޑި ނޭނގޭ ކުޅިގަނޑެއް ކަމަށެވެ.
ޔޫރަޕް އޮންނަން ޖެހޭނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ހެބެކް ވިދާޅުވި އެވެ. ކޮންމެ ކޮންމެ ކަމެއްގައި އެމެރިކާއަށް ދޫދިނުމަކީ އަމިއްލަވަންތަކަން -- ޔޫރަޕްގެ އެއްބައިވަންތަކަން ގެއްލިދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވެސް ނުބައި އަދި އަޑިނޭނގެ ކުޅިގަނޑެއް ކުޅުއްވި ކަމަށް ހެބެކް ވިދާޅުވި އެވެ. ޔޫރަޕް ބައިބައިކުރައްވައި ވަކިވަކި ގައުމުތަކާ އެކު ޑީލު ހެއްދެވުމަކީ ޓްރަމްޕް ހާސިލުރައްވަން ތާވަލުކޮށްފައި އޮތް ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަބެކް މިހެން ވިދާޅުވެފައި މިވަނީ ގްރީންލޭންޑާއި ކެނެޑާ އިސްތިއުމާރުކުރުން ނުވަތަ ގަނެލުމާ ބެހޭ ގޮތުން ޓްރަމްޕް ދާދި ފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޯލްޒް ވެސް ޓްރަމްޕްގެ ވާހަކަތައް ކުށްވެރި ކުރައްވާފައި ވަނިކޮށެވެ.
ބޯޑަރުތައް ފޫއަޅުވާލައި ބާރުގެ ބޭނުންކޮށްގެން ގައުމުއް އިސްތިއުމާރުކޮށްގެން ނުވާނެ ކަމަށް ޝޯލްޒް ވިދާޅުވި އެވެ. އަދި މި އުސޫލަކީ ޔޫރަޕްގެ ސުލްހައިގެ ނިޒާމުގެ ބިންގަލަށް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ދެއްކެވި ވާހަކަތަކެއްގައި ގްރީންލަންޑާއި އާޓިކް އައިލަންޑް އިސްތިއުމާރުކުރަން ޖެހިވަޑައިގެންފާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއީ މިހާރު ޑެންމާކަށް ބެލެނިވެރިކަން އޮންނަ އެކަމަކު ވަކި ވެރިކަމަކުން ހިންގާ ދެ ސަރަހައްދެކެވެ.
ޓްރަމްޕަށް ރައްދުދެއްވައި ޑެންމާކުން ބުނީ މި ސަރަހައްދުތައް ވިއްކާލުމަކީ ދުވަހަކުވެސް ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ނޭޓޯ މެމްބަރު ގައުމެއްގެ މިލްޖެއް ޖަހައިގަތުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ޑެންމާކުން ބުންޏެވެ.