ދުނިޔެ

ޔޫރަޕްގެ ބައެއް ވަޒީރުން ޓްރަމްޕާ ބައްދަލުކުރައްވާނެ ގޮތެއް ހޯއްދަވަނީ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް -- ޔޫރަޕަށް ހިހޫތަނުން ކައިގެން ނޯވެވޭނެ ކަމަށް ވިދާޅުވި
0%
0%
0%

ފަރަންސޭސި ޚާރިޖީ ވަޒީރާއި، ޖަރުމަން އަދި ޕޮލޭންޑްގެ ޚާރިޖީ ވަޒީރު އެކުގައި އެމެރިކާއަށް ވަޑައިގަންނަވަނީ އެވެ. މިއީ ވޮޝިންޓަންގެ ދައުވަތެއް ނެތި ވަޒީރުން އަމިއްލަށް ކުރައްވާ ދަތުރެއް ކަމަށް ޕޮލިޓިކޯ ބުނެ އެވެ.

ޕޮލިޓިކޯ ބުނާ ގޮތުން މީއީ އެމެރިކާއަށް -- ޑޮނަލްޑް ޓްރަމްޕަށް ބައިއަތުހިއްޕެވުމަށް ޔޫރަޕްގެ ވަޒީރުން ކުރައްވާ ދަތުރެކެވެ. މި ދަތުރުގައި އޮންނާނީ އެމެރިކާއާ ދެބަސްވުމެއް ނެތްކަން ސާބިތުކޮށްެދެއްވުމާއި އެއްބައެއްގެ ގޮތުގައި ދެމިތިބޭނެކަން ކަށަވަރުކޮށްދެއްވުމެވެ.

މި ދަތުރަށް އަދި ވަކި ތާރީޙެއް ނެތް ނަމަވެސް، ބެލެވޭ ގޮތުގައި މި ދަތުރު އޮންނާނީ ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރައީސްކަމުގެ ހުވައި، ޖެނުއަރީ 20 ކުރައްވައި ވައިޓް ހައުސްއަށް ވަޑައިގަންނަވާ ފަހުންނެވެ.

އެމެރިކާގެ ރައީސްގެ މަގާމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާއިރު ޔޫރަޕަށް އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ، ޓްރަމްޕްގެ ޒައާމަތުގައި ޔޫރަޕަށް ދެއްވަފާނެ އުގޫބާތެކެވެ.

ޔޫެރަޕާ ބެހޭ ގޮތުން ޓްރަމްޕް ވިދާޅުވާ ވިދާޅުވުމަކީ ކުރިއަށް އޮތީ ޔޫރަޕަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ ކަމެވެ.

ނޭޓޯ އަކީ ޔޫރަޕަށް މުހިންމު ޖަމާއަތަށް ވާއިރު، ޔޫރަޕް ގައުމުތަކުގެ އަސްކަރީ ބަޖެޓުން ވައުދުވެފައި އޮތް މިންވަރު ހުރިހާ ގައުމަކުން ދައްކަން މަޖުބޫރުކުރައްވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އޮތީ ކޮންމެ ވަގުތެއްގައި ވެސް ނޭޓޯ ދޫކޮށްލާ ގޮތަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ދެއްކެވި ވާހަކަތަކުގައި ގްރީންލަންޑާއި އާޓިކް އައިލަންޑް އިސްތިއުމާރުކުރަން ޖެހިވަޑައިގެންފާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިއީ މިހާރު ޑެންމަކަށް ބެލެނިވެރިކަން އޮންނަ އެކަމަކު ވަކި ވެރިކަމަކުން ހިންގާ ދެ ސަރަހައްދެކެވެ.

ޓްރަމްޕަށް ރައްދުދެއްވައި ޑެންމާކުން ބުނީ މި ސަރަހައްދުތައް ވިއްކާލުމަކީ ދުވަހަކުވެސް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ނޭޓޯ މެމްބަރު ގައުމެއްގެ މިލްޖެއް ޖަހައިގަތުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ޑެންމާކުން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910