އެމެރިކާ

ލޮސް އެންޖެލިސްގެ އަލިފާންގަނޑު: 10،000 އިމާރާތް އަނދައިފި

އެމެރިކާގެ ލޮސް އެންޖަލިސްގައި ފެތުރުނު އަލިފާންގަނޑުގައި އަނދައި އަޅިއަށްވެފައިވާ ސަރަހައްދު
0%
0%
0%

އެމެރިކާގެ ލޮސް އެންޖަލިސްގައި ކުއްލިއަކަށް ފެތުރުނު އަލިފާނުގެ ސަބަބުން މިހާތަނަށް 10،000 އަށް ވުރެ ގިނަ އިމާރާތް އަނދައި ހުލިވެއްޖެ އެވެ.

މިހާދިސާގައި މިހާތަނަށް 6 މީހަކު މަރުވެފައިވާއިރު، އެއް ލައްކައަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފަ އެވެ.

ޕެލިސޭޑްސް ސަރަހައްދުން ފެށުނު މި އަލިފާން މިހާރު ވަނީ ފަސް ސަރަހައްދަކަށް ފެތުރިފަ އެވެ. އެއީ ލިޑިއާ، ހާސްޓް، ސަންސެޓް، ޕެލިސޭޑް އަދި އީޓަން ސަރަހައްދުތަކެވެ. މި ސަރަހައްދުތަކުގައި އަލިފާން އަދިވެސް ވަނީ ކޮންޓްރޯލް ނުކުރެވި އެވެ.

"މޫސުން މިހާރު ވަނީ އިންތިހާއަށް ގޯސްވެފައި. ވައިގަދަވުމާއެކު އަލިފާން އިތުރަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް،" ލޮސް އެންޖަލިސްގެ ފަޔަ ޑިޕާޓްމަންޓްގެ ޗީފް ޖޯން ރޮބަޓްސް ވިދާޅުވި އެވެ.

ސަލާމަތީ އޮފިޝަލުން މައުލޫމާތުދޭ ގޮތުގައި އިތުރު 180،000 މީހުން ސަލާމަތީ އައްސޭރިތަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި މި ހާދިސާގައި މިހާތަނަށް 50 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

ސަލާމަތީ އައްސޭރިތަކުގައި ލޫޓުވުމާއި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވޭއިރު، ޕޮލިސް އޮފިސަރުން އިތުރަށް އެ ސަރަހައްދުތަކަށް ފޮނުވާފައިވާ ކަމަށް ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތަށް އެހީތެރިވުމަށް އެމެރިކާގެ އެކި ސަރަހައްދުތަކުންނާއި އަވައްޓެރި ކެނެޑާއިން ވެސް ވަނީ ފަޔަ ފައިޓަރުން ލޮސް އެންޖެލިސް އަށް ފޮނުވާފަ އެވެ. ނަމަވެސް މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއެކު، އަލިފާން ނިއްވުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910