ހަބަރު

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

މިދިޔަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށް ދަނީ - ފޮޓޯ: އަވަސް ފައިލް
0%
0%
0%

މިދިޔަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަގީރުންގެ ދަފުތަރު މުރާޖައާ ކުރުމުގެ ގޮތުން އެ ދަފުތަރުގައި ރަޖިސްޓްރީވާން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ މުދަލު ޒަކާތް ބެހުމަށް ޓަކައި ފަގީރުންގެ ދަފުތަރު މުރާޖައާ ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މާދަމާއިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ވާން ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ފުރުސަތަކީ މިހާރު އޮތް ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން މި އަހަރުގެ ފިތުރު ޒަކާތް ބެހިއިރު ފަގީރުންގެ ދަފުތަރުގައިވާ ފަރާތްތަކުން އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ފަގީރުންގެ ދަފުތަރުން އުނިވާން ބޭނުންވާ ފަރާތްތަކުންނާއި، ދިރިއުޅޭ ރަށް ބަދަލުވެ މިހާރު ދިރިއުޅޭ ރަށުގެ ދަފުތަރަށް ބަދަލުވުމަށް އެދޭނަމަ އެ ކަން ބަޔާންކޮށް ސިޓީއަކުން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ.

މާލެ ސިޓި ފިޔަވައި އެހެން ރަށްރަށުގައި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައި ވަނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ. މާލެ ސިޓީން ފޯމު ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީންނެވެ. އެއީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަކަށެވެ. ކޮންމެ ދުވަހަކަށް ދޫކުރާނީ 50 ނަންބަރެވެ.

މާލެ ސިޓީގައި ފޯމު ހުށަހަޅަން އަންނަ ފަރާތްތަކުން މާސްކް އަޅައިގެން އައުމަށާއި، އެކަކަށްވުރެ ގިނަ މީހުން ނައުމަށާއި، ކުޑަކުދިން ނުގެނައުމަށާއި، ރޯގާ ނުވަތަ ހުމުގެ އެއްވެސް އަލާމާތެއް އުޅޭނަމަ ނައުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވެ އެވެ.

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާއިރު، މި އަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ މިދިޔަ އަހަރުގެ ލިސްޓަކަށެވެ. މި އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވެފައިވަނިކޮށް މިދިޔަ އަހަރުގެ ލިސްޓަކަށް ޒަކާތް ބެހުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910