ރިޕޯޓް

އޮފީސްތައް، ދިގު ބަންދުން ހިދުމަތަށް!

ކޮވިޑްގެ ދިގު ބަންދަށް ފަހު އަލުން އޮފީސްތައް ހުޅުވުމާ ގުޅޭ ވީޑީއޯ ރިޕޯޓް -- އާއިމް ޒަމީރު | އަވަސް

ކޮވިޑް ބަންދުގެ ތިން މަހަށް ފަހު ސަރުކާރު އޮފީސްތައް ހުޅުވާލީ މިއަދު އެވެ. ދުނިޔެއާ ލައްވާލި ދިގު ބަންދު ރާއްޖޭގައި އައީ ރާއްޖެއިން ކޮވިޑް-19 ފެނި، މާލޭ ސިޓީ ރެޑް އެލާޓަށް ގެންދިއުމާ ގުޅިގެނެވެ. އޭގެ ފަހުން މިހާރު މިއޮތް ލުއި ލޮކްޑައުންގައި ސަރުކާރުގެ އޮފީސްތައް ހުޅުވާލާލައި ހިދުމަތަށް މިއައީ މިއަދު އެވެ.

މާލެ ސިޓީގައި އެކަނިވެސް ސިވިލް ސާވަންޓުންގެ ގޮތު މަސައްކަަތް ކުރާ އެތައް ހާސް މުވައްޒަފުން އުޅޭ އިރު އެ އެންމެން ވެސް މިދިޔަ ދުވަސްތަކުގައި މަސައްކަތް ކުރަން ތިބީ ގޭގަ އެވެ. ލޮކްޑައުންގެ ލުއީގެ ފުރަތަަމަ ފޭހުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އެކަކުވެސް އޮފީހަކަށް ނުދެ އެވެ.

ބަންދަށް ފަހު ސަރުކާރުގެ އޮފީސްތަކެއް ހުޅުވާލީ ނިއުނޯމަލްގެ ފިޔަވަޅުތަކާއެކު އެވެ. ބައެއް އޮފީސްތަކުގެ މުވައްޒަފުން ދެ ގްރޫޕަކަށް ބަހާލައި ދެ ދުވަހުން އެއްދުވަހު މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައި ވެއެވެ. މިފަދަ އުސޫލުތައް ތައާރަފު ކޮށްފައި ވަނީ މުވައްޒަފުން ގިނަަ ޖާގަ ދަތި އޮފީސްތަކުގަ އެވެ.

ޕްލޭނީ މިނިސްޓްރީގައި ސިވިލްސާވަންޓުންގެ ގޮތު ހާހެއްގައި މުވައްޒަފުން މަސައްކަތް ކުރާއިރު، އެކި ޑިޕާޓްމަންޓުތައް ވަނީ ދެބަޔަކަށް ބަހާލާފަ އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް، ފާތިމަތު މުނީޒާ ވިދާޅުވި ގޮތުގައި، ނިއު ނޯމަލްގައި މަސައްކަތް ކުރަން ފެށުމުގެ ކުރިން ކޮންމެ ޑިޕާޓްމަންޓަކަށް ވެސް އެކަށީގެންވާ ވަރަކަށް ސްޓެރިލައިޒާ ހޯދުމާއި އަދި އާއްމުކޮށް ބޭނުންކުރާ ދޮރާއި މޭޒު ފަދަ ތަންތަން ގަވައިދުން ސާފު ކުރުމުގެ މުހިއްމުކަން ސްޓާފުންނަށް އަންގާދީ ފިޔަވަޅުތައް އަޅާފައި ވެއެވެ.

"ގިނަ ސްޓާފުން ދެބަޔަކަށް ބަހާލައިގެން މަސައްކަތް މި ކުރަނީ. އެއީ އެއް ދުވަހު ގޭގައި ތިބެގެން ހެނދުނު އަށަކުން މެންދުރު ދޭކަށް މަސައްކަތް ކުރަންޏާ އަނެއްބައި މީހުން ގޭގައި ތިބެގެން ހަމަ އެ ވަގުތު މަސައްކަތް ކުރާނެ. އޮފީހަށް އަންނަ އިރު، ޓެމްޕަރޭޗާ ބަލާނެ އަދި ފްލޯ މެނޭޖާސް ކޮންމެ ޑިޕާޓްމަންޓެއްގައި ހުންނާނެ، އެއްވެސް މީހަކު ކަރަންޓީނަށް ދިޔަތޯ ނުދޭތޯ ބެލުމަށް. ސިވިލްސާވިސްގެ ނިއުނޯމަލް އުސޫލާ އެއްގޮތަށް ކޮންމެ ޑިޕާޓްމަންޓަކުން ވެސް ބަލަހައްޓަމުން ދަނީ" އޭނާ ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ އެކި ސަރަހައްދުތަކުގައި ކޮވިޑް އާ ގުޅުންހުރި ހޭލުންތެރިކުރުމުގެ ޕޯސްޓަރުތައް ވެސް ހަރުކޮށްފައި ވެއެވެ. ސަރުކާރުގެ އޮފީސް އެކުވެނި ވެލާނާ ގޭގައި ވެސް ހޭލުންތެރިވާނެ ގޮތަށް ސަމާލުކަން ލިބޭނެ ކަންކަން ކޮށްފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތައް ވެސް ނިއު ނޯމަލްގައި މިއަދު ހުޅުވާލި އެވެ. އިމްޕޯޓް އެކްސްޕޯޓް ލައިސެންސް އާއި ވިޔަފާރިއާ ގުޅުންހުރި އެކި ކަންކަމުގައި އެ މިނިސްޓްރީގެ ކައުންޓަރުތަކުން ހިދުމަތްހޯދާ އެތައް ބަޔަކު ތިބެ އެވެ.

އެ މިނިސްޓްރީގައި ވެސް ވަނީ ރައްކާތެރި ކަމާއެކު ނިއު ނޯމަލްގެ ފިޔަވަޅުތައް އަޅާފަ އެވެ. ވަންނަ އިރު ހުން ބެލުމާއި ސެނިޓައިޒާއިން އަތް ސާފު ކުރުމާއި ކައުންޓަރުތަކުން ހިދުމަތް ހޯދުމުގައި ވެސް ސޯޝަލް ޑިސްޓަންސިން އަށް ޖާގަ ދީފައި ވެއެވެ.