މޯލްޑިވްސް ޕޮލިސް ސާވިސް

މިއަހަރު 97 ފުލުހެއްގެ މައްސަލަ ވަނީ ހުށައަޅާފައި

މިއަހަރުގެ މިހާތަނަށް 97 ފުލުހަކާއި ގުޅޭ މައްސަލަތަކެއް ހުށައަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ވަނީ ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ އަހުލާގީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާ އުސޫލްތަކާއި އެ މައްސަލަތައް ބެލުމުގެ މަރުހަލާތައް އަދި ފިޔަވަޅު އެޅުމާބެހޭ މައުލޫމާތާއި ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.

އާންމުކުރި މައުލޫމާުތުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ވަކިވަކި ފުލުުހުންނާއި ގުޅޭ 97 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެެރޭގައި އެންމެ ގިނައީ ގަވާއިދާ ހިލާފުވުމުގެ މައްސަލަތަކެވެ. ގަވާއިދާ ހިލާފުވުމުގެ 18 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ދެން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލައެވެ. އިހުމާލުވުމުގެ 15 މައްސަލައެއް ހުށައަޅާފައިވެއެވެ. މީގެ އިތުރުން ބަދުއަހުލާގީ އަމަލުތަކާއި ގުޅޭ 10 މައްސަލައެއް ވަނީ ހުށައަޅާފައެވެ.

އޭގެ ތެރެއިން 12 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެއް ފުލުހެއްގެ ރޭންކް ދަށްކޮށްފައިވެއެވެ.

ކޭސްކުރެވުނު މައްސަލަތައް

  • ވައްކަން - 1 މައްސަލަ
  • ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރުން - 5 މައްސަލަ
  • ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުން - 6 މައްސަލަ
  • މާރާމާރީ - 4 މައްސަލަ
  • ގަވާއިދާ ހިލާފުވުން - 18 މައްސަަލަ
  • ވަޒީފާއިން ފިލުން - 3 މައްސަލަ
  • ސިއްރު ހިފެހެއްޓުމާއި ހިިލާފުވުން - 2 މައްސަލަ
  • ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވުން - 6 މައްސަލަ
  • ވަޒީފާއަށް ހާޒިރުނުވުން - 3 މައްސަލަ
  • ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުން - 7 މައްސަލަ
  • ހަޑިހުތުރު ބަހުން މުއާމަލާތް ކުރުން - 2 މައްސަލަ
  • ހަގީގަތާއި ހިލާފު ވާހަކަދެއްކުން - 1 މައްސަލަ
  • ބަދުއަހުލާގީ މައްސަލަތައް - 10 މައްސަލަ
  • ފުލުހުންގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން - 2 މައްސަލަ
  • މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - 10 މައްސަލަ
  • އިހުމާލުވުން - 15 މައްސަލަ
  • މަސްތުވާތަކެތީގެ މައްސަލަ - 2 މައްސަލަ
  • ފޭރުން - 1 މައްސަލަ

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ 2019 ވަނަ އަހަރު ފުލުހުންނާއި ގުޅޭ 128 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އަދި 2018 ގައި 127 މައްސަލަ، 2017 ވަނަ އަހަރު 141 މައްސަލަ އަދި 2016 ވަނަ އަހަރު 122 މައްސަލަ ހުށައެޅިފައިވެއެވެ.

2019 ވަަނަ އަހަރު އެންމެ ގިނައިން ހުށައެޅިފައިވަނީ އިހުމާލުވުމުގެ މައްސަލައާއި ވަޒީފާއަށް ހާޒިރުނުވުން އަދި ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުމުގެ މައްސަލަތަކެވެ.

2018 ވަނަ އަހަރު އެންމެ ގިނައިން ހުށައެޅިފައިވަނީ ވަޒީފާއަށް ހާޒިރުނުވުމުގެ މައްސަލަތަކާއި ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުމުގެ މައްސަލަތަކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުގައި މި މައްސަލަތަކާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ބައެއް މައްސަލަތަކާއި ގުޅިގެން ކައުންސިލް ދިނުމާއި ރޭންކް ދަށް ކުރުމާއި ވަޒީފާއިން ވަކިކޮށްފައިވެސްވެއެވެ.