މޯލްޑިވްސް ޕޮލިސް ސާވިސް

ފަސް އަަހަރުތެރޭ 145 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވޭ

މިދިޔަ ފަސް އަަހަރުތެރޭ އެކި މައްސަލަތަކާއި ގުޅިގެން 145 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ވަނީ ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ އަހުލާގީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލު ކުރާ އުސޫލްތަކާއި އެ މައްސަލަތައް ބެލުމުގެ މަރުހަލާތައް އަދި ފިޔަވަޅު އެޅުމާބެހޭ މައުލޫމާތާއި ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑްގެ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.

އާންމުކުރި މައުލޫމާުތުތަކަށް ބަލާއިރު ފުލުހުންނާއި ގުޅޭގޮތުން ހުށައެޅިފައިވާ އެކި މައްސަލަތަކާއި ގުޅިގެން މި އަހަރުގެ މިހާތަނަށް 12 ފުލުހަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. 2019 ގައި ވަކިކޮށްފައިވަނީ 21 ފުލުހުންނެވެ. 2018 ވަނަ އަހަރު 30 ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވެއެވެ. މި ފަސް އަހަރުތެރޭ އެންމެ ގިނަ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ގައެވެ. އެއީ 46 ފުލުހުންނެވެ. 2016 ވަނަ އަހަރު ވަކިކޮށްފައިވަނީ 36 ފުލުހުންނެވެ.

2016 ގައި ވަޒީފާއިން ވަކިކުރި ފުލުހުން

  • މާރާމާރީ މައްސަލަތައް - 1 ފުލުހަކު
  • ބަދުއަހުލާގީ މައްސަލަތައް - 3 ފުލުހަކު
  • ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުން - 1 ފުލުހަކު
  • މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - 2 ފުުލުހަކު
  • އޮފީހަށް ހާޒިރުވުމުގައި ފަރުވާ ކުޑަކުރުން - 1 ފުލުހަކު
  • ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވުން - 4 ފުލުހަކު
  • އާންމު މުވައްޒިފުންގެ ކޯޑް އޮފް ކޮންޓަކްޓާ ހިލާފުވުން - 2 ފުލުހަކު
  • ވަޒީފާއަށް ހާޒިރުނުވުން - 21 ފުލުހަކު
  • ވައްކަން - 1 ފުލުހަކު

2017 ގައި ވަޒީފާއިން ވަކިކުރި ފުލުހުން

  • ފޭރުން - 2 ފުލުހަކު
  • މަސްތުވާތަކެތި - 5 ފުލުހަކު
  • ބަދުއަހުލާގީ މައްސަލަތައް - 2 ފުލުހަކު
  • ގަވާއިދާ ހިލާފުވުން - 2 ފުލުހަކު
  • ފުލުހުންގެ މުދަލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން - 1 ފުލުހަކު
  • ސިއްރު ހިފެހެއްޓުމާއި ހިލާފުވުން - 8 ފުލުހަކު
  • ފުލުހުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރުން - 1 ފުލުހަކު
  • ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުން - 2 ފުލުހަކު
  • ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން / ހޭދަކުރުން - 2 ފުލުހަކު
  • މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - 3 ފުލުހަކު
  • އޮފީހަށް ހާޒިރުވުމުގައި ފަރުވާ ކުޑަކުރުން - 1 ފުލުހަކު
  • ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވުން - 3 ފުލުހަކު
  • ވަޒީފާއަށް ހާޒިރުނުވުން - 14 ފުލުހަކު

2018 ގައި ވަޒީފާއިން ވަކިކުރި ފުލުހުން

  • ވައްކަން - 1 ފުލުހަކު
  • މަސްތުވާތަކެތި - 5 ފުލުހަކު
  • ރަސްމީ ލިޔެކިޔުމަށް ބަދަލު ގެނައުން - 1 ފުލުހަކު
  • ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުން - 1 ފުލުހަކު
  • ސިޔާސީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން / ހޭދަކުރުން - 1 ފުލުހަކު
  • މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - 1 ފުލުހަކު
  • ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއާ ހިލާފުވުން - 1 ފުލުހަކު
  • ވަޒީފާއަށް ހާޒިރުނުވުން - 19 ފުލުހަކު

2019 ގައި ވަޒީފާއިން ވަކިކުރި ފުލުހުން

  • ވައްކަން - 1 ފުލުހަކު
  • މަސްތުވާތަކެތި - 1 ފުލުހަކު
  • ބަދުއަހުލާގީ މައްސަލަތައް - 2 ފުލުހަކު
  • ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުން - 2 ފުލުހަކު
  • މަގާމުގެ ނުފޫޒާއި ބާރު ނަހަމަގޮތުގައި ބޭނުންކުރުން - 1 ފުލުހަކު
  • ވަޒީފާއަށް ހާޒިރުނުވުން - 14 ފުލުހަކު

2020 ގައި ވަޒީފާއިން ވަކިކުރި ފުލުހުން

  • ބަދުއަހުލާގީ މައްސަލަތައް - 2 ފުލުހަކު
  • ގަވާއިދާ ހިލާފުވުން - 2 ފުލުހަކު
  • އިހުމާލު - 1 ފުލުހަކު
  • ފުުހުންގެ ގައިގައި ހުންނަންޖެހޭ އަހުލާގީ މިންގަނޑާއި ހިލާފުވުން - 1 ފުލުހަކު
  • ވަޒީފާއަށް ފިލުން - 1 ފުލުހަކު
  • ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރުން - 3 ފުލުހަކު
  • ވަޒީފާއަށް ހާޒިރުނުވުން - 2 ފުލުހަކު

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރު 27 ފުލުހަކަށް ނަސޭހަތާއި އިންޒާރު ދީފައިވެއެވެ. 2017 ވަނަ އަހަރު 32 ފުލުހަކަށް 2018 ވަނަ އަހަރު 30 ފުލުހަކަށް އަދި 2019 ވަނަ އަހަރު 31 ފުލުހަކަށް ވަނީ ނަސޭހަތާއި އިންޒާރު ދީފައެވެ. މިއަހަރުގެ މިހާތަނަށް ނަސޭހަތާއި އިންޒާރު ދީފައިވަނީ 15 ފުލުހަކަށެވެ.