ހަބަރު

މޯޓިވޭޝަން ކޯޗް ޓޯނީގެ ވާޗުއަލް އިންވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު

Jul 31, 2020

ދުނިޔެ އަށް މަޝްހޫރު މޯޓިވޭޝަން ކޯޗެއް ކަމަށްވާ އެމެރިކާގެ، އެންޓޮނީ ޖޭ ރޮބިންސް ބާއްވާ ވާޗުއަލް އިންވެންޓެއްގައި ބައިވެރިވުމުގެ ފުރުސަތު މައި ކޮލެޖުން ހުޅުވާލައިފި އެވެ.

މައި ކޮލެޖުން ބުނީ ދުނިޔޭގައި ބާއްވާ އެންމެ މަޝްހޫރު އެއް ޓްރެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. ވާޗުއަލްކޮށް ސެޕްޓެމްބަރު މަހު ބާއްވާ މި އިވެންޓުގައި އަންނަ މަހުގެ 14 ގެ ކުރިން ބައިވެރިވުމުން ހާއްސަ އަގުތަކެއްގައި ޓިކެޓު ލިބޭނެ އެވެ. މިގޮތުން ހުރިހާ ކޮލެޖުތަކުގެ ދަރިވަރުންނަށް 250ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

ޓޯނީއަކީ ކާކު؟

އެންޓޮނީ ޖޭ ރޮބިންސްއަކީ މޯޓިވޭޝަނަލް ސްޕީޗް ދިނުމުގެ އިތުރުން މަޝްހޫރު ލިޔުންތެރި އެކެވެ. އެގޮތުން އޭނާ ލިޔެފައިވާ ގިނަ ފޮތް ތަކަކީ ދުނިޔޭގައި ގިނަ އަދަދަކަށް ވިކޭ ފޮތް ތަކެވެ. އެމެރިކާގެ ކެލިފޯނިއާ އަށް 29، ފެބްރުއަރީ 1960 ވަނަ އަހަރު އުފަންވި 60އ. ގެ ޓޯނީ އެންމެ ފުރަތަމަ އުޅުނީ އިމާރާތް ބަލަހައްޓާ މީހެއްގެ ގޮތުގަ އެވެ. އެ ވަޒީފާގައި އުޅެމުން ލިބޭ މުސާރަ ކޮޅުން މޯޓިވޭޝަނަލް ސްޕީޗް ދޭ ސެމިނާ ތަކަށް ދާން އޭނާ ގޮސް އުޅުނެވެ. ޓޯނީގެ ކެރިއަރު ބަދަލުވީ ވެސް މިފަދަ ސެމިނާއަކުންނެވެ. އޭނާގެ ކެއިއަރު ފަށާފައިވަނީ އުމުރުން 17 އަހަރުގަ އެވެ. މިހާރު އޭނާ އަހަރު 6 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 94.4 ބިލިއަން ދިވެހި ރުފިޔާ) ސެމިނާ ތަކުން ސޭލްސްގެ ގޮތުގައި ހޯދަމުންދާ މީހެކެވެ.

ޓޯނީގެ "އަންލީސްދަ ޕަވާ ވިދިން" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވާ އިވެންޓެކެވެ. މި އިވެންޓުގައި ބައިވެރިވާން އިވެންޓް ބާއްވާ ގައުމަށް ބޮޑު ހޭދައެއް ކޮށްގެން ގިނަ ބަޔަކު ޖަމާވެ އެވެ. މި އިވެންޓުގެ ސަބަބުން މީހާގެ ގާބިލްކަން ދެކެގަނެ، ކުރިއަރަން ބާރުއަޅައި ދިރިއުޅުން ބަދަލުކޮށްލަ އެވެ. މި އަހަރުގެ މި އިވެންޓު އޮންނަނީ ސެޕްޓެމްބަރު މަހު އެވެ. އިވެންޓުގައި ރާއްޖޭން ވެސް ގޭގައި ތިބެގެން ވާޗުއަލްކޮށް ބައިވެރިވާން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އިވެންޓާ ބެހޭ އިތުރު މައުލޫމާތު މައި ކޮލެޖުގެ ނަމްބަރު 7406003 އަށް ގުޅުމުން ލިބޭނެ އެވެ.

ނެޓްފްލިކްސްގައި ޓޯނީގެ ޑޮކިއުމެންޓީ

މި އަހަރުގެ މި އިވެންޓު އޮންނަނީ ސެޕްޓެމްބަރު މަހު އެވެ. އިވެންޓުގައި ރާއްޖޭން ވެސް ގޭގައި ތިބެގެން ވާޗުއަލްކޮށް ބައިވެރިވާން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ. އިވެންޓާ ބެހޭ އިތުރު މައުލޫމާތު މައި ކޮލެޖުގެ ނަމްބަރު 7406003 އަށް ގުޅުމުން ލިބޭނެ އެވެ.