ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނާވައިދޫން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ނާވައިދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ނާވައިދޫން ކޮވިޑަށް ޕޮޒިޓިވްވީ އުމުރުން 68 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަށް ބަލި ޖެހިފައިވާކަން އެނގުނީ ހޯމް ކަރަންޓީންގެ މުއްދަތު ނިމުމުން ކުރި ޓެސްޓުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ބަލި މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ބ. ކުޑަރިކިލުގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރ. އަތޮޅު ހުޅުދުއްފާރުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ހއ. އިހަވަންދޫއިން ދެ ބިދޭސީން އަދި ފިއްލަދޫން ދެ ބިދޭސީންނާއި ދިވެއްސަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.