ހުސައިން ފިޔާޒު މޫސާ

އިދާރާތަކުގެ މުސާރައާ އިނާޔަތްތައް ޝާއިއު ކުރަން އަންގައިފި

Aug 13, 2020
2

ދައުލަތުގެ އިދާރާތަކުގެ މުސާރައާ އިނާޔަތްތައް އެންމެނަށް އެނގޭނެ ހެން އެ އިދާރާއެއްގެ ވެބްސައިޓްގައި ޝާއިއު ކުރަން އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

ކޮމިޝަނާ ހުސައިން ފިޔާޒު މޫސާ ސޮއި ކުރައްވާ ދައުލަތުގެ ހުރިހާ އިދާރާއަކަށް ފޮނުވި ސިޓީއެއްގައި ބުނަނީ ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އެ އިދާރާއެއްގެ މުވައްޒަފުންނަށް ދޭ އުޖޫރަ އާއި އިނާޔަތް، ވަކިވަކިން އަހަރަކު އެއް ފަހަރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލައަށް އިސްވެ ޝާއިއު ކުރަން ޖެހޭ ކަމަށެވެ.

އަދި ފަހަކަށް އައިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހޯދަން ބައެއް އިދާރާތަކަށް ހުށަހަޅަމުން ގެންދާކަން ފާހަގަ ކުރެވޭތީ އާއި، އެ ފަދަ މައުލޫމާތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭ މައުލޫމާތަކަށް ވާތީ، ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ވެބްސައިޓުގައި ޝާއިއު ކުރަން އަންގާ ކަމަށެވެ.