ކަންކަމާދު ސުވާލު ކުރާ ރައްޔިތުން ނެތި ނަޒާހަތްތެރި ދައުލަތެއް ނުއުފެދޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދުވަސް ފާހަގަ ކުރަން މިއަދު ބޭއްވި އޮންލައިން ޖަލްސާގައި ކޮމިޝަނަރު ފިޔާޒް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން މައުލޫމާތު ސިއްރުކުރުމުގެ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ދައުލަތް ޖަވާބުދާރީ ކުރުވުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަަށެވެ.
އޭނާ ވިދާޅުވީ ކަންކަމާމެދު ސުވާލުކުރާ ރައްޔިތުން ނެތި ނަޒާހަތްތެރި ދައުލެއް ނުއުފެދޭނެ ކަމަށާއި ރާއްޖޭގައި މިހާރު ދިމާވަމުން އަންނަ ހުރިހާ ކަމަކަށް އޮތް ފަރުވާއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމާއި މައުލޫމަތު ހާމަ ކުރުމުގެ ހައްގު ކަށަަވަރު ކުރުން ކަމަށެވެ.