އަވަސް ރީލް

އިދިކޮޅުން އައި ސިޔާސީ ތަފާތު ހަރަކާތެއް!

Aug 26, 2020
2
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާ އިއްޔެ ކަނޑުމަތީގައި އިހްތިޖާޖެއް ކުރި މަންޒަރުތައް ހިމެނޭ ވިޑިއޯ ރިލް -- އާއިމް ޒަމީރު | އަވަސް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ހުންނެވީ ފަސް އަހަަރަށް ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި ސަރުކާރުގެ މައި ޖަލު، މާފުށީ ޖަލުގަ އެވެ. އެއީ އިދިކޮޅު ކޯލިޝަނަށް އޮތް ލިބުނު ވަރަށް ބޮޑު ދެރައަކަށް ވެފައި ވެއެވެ. ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ އިދިކޮޅު ސިޔާސީ ހަރަކާތް ހިންގަ އެވެ. ޕާޓީގެ އޮފީހުގައި ސިލްސިލާ ޖަލްސާ ބާއްވަ އެވެ. އެ އޮފީސް ދޮރުމަތީ އިހުތިޖާޖުތައް ކުރެ އެވެ. މަގުމަތީ މުޒާހަރާ ވެސް ކުރެ އެވެ. އަދި އަތޮޅުތަކުގެ ރަށްތަކުގައިވެސް ސިޔާސީ ހަރަކާތް ހިންގަ އެވެ. ނަމަވެސް ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 270 ވަނަ ދުވަސްވީ އިއްޔެ، އެ މަނިކުފާނު ހުންނެވި ޖަލު ހުރި މާފުށީ ބޭރުން ކަނޑުމަތީގައި ހިންގި ސިޔާސީ ހަރަކާތަކީ އިދިކޮޅުން އައި ތަފާތު ހަރަކާތަކަށްވި އެވެ. އާންމުކޮށް މިފަދަ ސިޔާއީ ހަރަކާތް އަންނަނީ އިދިކޮޅުގައި އެމްޑީޕީ އޮންނަ އިރު އެވެ.