ހަބަރު

ގަައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އިންތިހާބުކޮށްފި

Sep 7, 2020

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑެއް އުފައްދާ ބޯޑަށް މެންބަރުން އިންތިހާބު ކޮށްފި އެވެ.

ގައުމީ އަރުޝީފުގެ އެޑްވައިޒަރީ ބޯޑު އުފައްދަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެޑްވައިޒަރީ ބޯޑުގެ ރައީސަކަަށް ހަމަޖައްސާފައި ވަނީ މީޑިއާގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަދު އާސިފް (މޮންދު) އެވެ. ނާއިބު ރައީސަކަށް އިންތިހާބު ކޮށްފައި ވަނީ އަހުމަދު އާސިމެވެ.

ބޯޑްގައި ހިމެނިވަޑައިގަންނަވަނީ ނުވަ މެންބަރުންނެވެ.

އާސިފާއި އާސިމްގެ އިތުރުން ބޯޑްގައި ދެން ތިއްބަވާނީ ގައުމީ އަރުޝީފުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އާމިރު އާއި މުހައްމަދު ސައީދު އާއި ފާތިމަތު ނަޝްފާ އާއި އަބްދުﷲ ރަމީޒު އާއި ފާތިމަތު ނަޝާތު އާއި ހަސަން ރަފީއު އަދި މަހާސިން އަހުމަދު ދީދީ އެވެ.