ވިޔަފާރި

އެސްޓާސް އިން 100 އިންޗީގެ ބޮޑު ޓީވީއެއް ވިއްކަނީ

Sep 21, 2020

އެސްޓާސް އިން ޓީސީއެލް ބްރޭންޑުގެ 100 އިންޗީގެ ބޮޑު ޓީވީއެއް ވިއްކަން ފަށައިފި އެވެ.

ގިނަ ބާވަތްތަކުގެ މުދާ ވިއްކާ އެސްޓާސް ކުންފުނިން ބުނި ގޮތުގައި މިހާރު ބާޒާރަށް ނެރެފައިވާ ޓީސީއެލްގެ 100 އިންޗީގެ ޓީވީ އިންސްޓޯލްމަންޓް ސްކީމް ތަކުން ވެސް ލިބޭނެ އެވެ. މިއީ ޕީ715 ކިއުޔޫ އެޗްޑީ އެންޑްރޮއިޑް ސްމާޓް ޓީވީ އެކެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު ސޯޝަލް މީޑިއާ އާއި ޒޫމް ފަދަ ވަސީލަތްތައް ބޭނުން ކުރުން އާއްމު ވެފައިވާއިރު މި ޓީވީ އަކީ މީޓިން ރޫމްތަކުގައި ބަހައްޓަން ރަނގަޅު ޓީވީއެކެވެ. އަދި ގޭމް ކުޅޭ މީހުނާއި ފިލްމް ބަލާ މީހުނަށް މިއީ ވަރަށް ރަނގަޅު ޓީވީއެކެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، ޓީސީއެލްގެ މި ޓީވީއަކީ ކްލިއާ މޯޝަން ރޭޓް ޓެކްނޮލޮޖީ ހިމެނޭ ޓީވީ އެކެވެ. އެހެންވެ މި ޓީވީން ކުޅިވަރު ފަދަ އަވަސް ހަރަކާތް ހިމެނޭ އިވެންޓުތައް ކުރިއަށްދާއިރު ދަތިކަމެއް ނެތި ބަލައިލެވެ އެވެ. މިއީ ޑޮލްބީ ވިޝަން އާއެކު 4ކޭ އެޗްޑީއާރް 10 ޕްލަސް ޓީވީ އެކެވެ. މީގެ އިތުރުން މި ޓީވީގެ އެންމެ ހާއްސަ ސިފައަކީ ޓީވީގެ އަޑެވެ. ޓީވީ ހަރުކުރުމަށް ފަހު އިތުރު ސްޕީކަރެއް ހަރުކުރާކަށް ނުޖެހޭނެ އެވެ.

ބޮޑު ޓީވީގެ އިތުރުން އެސްޓާސް އިން ދަނީ ޓީސީއެލްގެ ގިނަ ސައިޒުތަކުގެ ޓީވީ ވިއްކަމުންނެވެ.