ވިޔަފާރި

އެސްޓާސް އިން ހޭންޑް ސެނެޓައިޒާ އާއި މާސްކް އަގު ހެޔޮކޮށް

Apr 29, 2020

ކޮވިޑް-19 އާ ގުޅިގެން، ގިނަ ބަޔަކު ހޯދަނީ ރައްކާތެރިކަމަށް ބޭނުންވާ އާލާތް ތަކެކެވެ. ފޭސް މާސް އާއި ހޭންޑް ސެނެޓެއިޒާ އެވެ. މި ތަކެތި ފަސޭހަކަމާއެކު ލިބެން ހުންނާނީ ކޮން ތަނަކުން ހެއްޔެވެ؟ މި ތަކެތި ގަނޑުކޮށް އެންމެ ފަސޭހަ އިން ލިބޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ މިހާރު މި ތަކެތި އެންމެ ފަސޭހައިން އަތުގައި ޖެހޭނީ އެސްޓާސް އިންނެވެ. އެ ކުންފުނިން މިވަނީ ހާލަތައް ތައްޔާރުވެ އެސްޓާސް މި ބާވަތްތަކުގެ ބޮޑު ސްޓޮކެއް ވެސް ގެނެސްފަ އެވެ.

އެ ކުންފުނިން ވިއްކާ ސިއްހީ މި ސާމާނުގެ ތެރޭގައި، ހޭންޑް ސެނެޓައިޒާ އާއި ފޭސް މާސްކް އަދި ހުންބަލާ ތާމޯމީޓަރު ވެސް ހިމެނެ އެވެ. އެ ކުންފުނިން މި ބާވަތްތައް ގަނޑުކޮށް ނަގާ ފަރާތް ތަކަށް ހާއްސަ އަގެއްގައި ވިއްކަ އެވެ. އަދި ކަންމަތީ ފިހާރަތަކާ ހަމަ އަށް މި ބާވަތްތައް ގެންގޮސް ވެސް ދޭނެ އެވެ.

އެސްޓާސް އިން ދަނީ އޮންލައިންކޮށް މި ބާވަތްތައް ވިއްކަމުންނެވެ.

އެހެންވެ، މިއީ ކަންމަތީ ފިހާރަތައް ހިންގާ ފަރާތް ތަކަށް ލިބިގެން ދާނެ ފަސޭހަ އެކެވެ. ވިޔަފާރީގެ ގޮތުން ބެލިނަމަވެސް މިއީ ވިޔަފާރިތަކަށް ހުޅުވިގެންދާމެ ރަނގަޅު ފުރުސަތަކެވެ. ގޭގޭގައި ލޮންޑައުންގައި ގިނަ ބަޔަކު ތިބިއިރު، ހޭންޑް ސެންޓެއިޒާއަކީ މިހާރު އެންމެ ބޭނުން ބޮޑު އެއް ބާވަތެކެވެ. އެހެންވެ ގަނޑުކޮށް މި ބާވަތްތައް ނަގައިގެން އަގު ހެޔޮކޮށް ވިއްކުމުގެ ފުރުސަތު މިއޮތީ ލިބިފަ އެވެ. ވައިރަހުން ސަލާމަތް ވާން އަތް ދޮންނަން ގިނަ ބަޔަކު ސެނެޓެއިޒާ ބޭނުން ކުރެ އެވެ. ފިހާރަތަކުން ވެސް އެސްޓާސް އަށް ދިއުމުން ވަގުތުން މީގެ ސްޓޮކެއް ލިބޭނެ އެވެ.