ލައިފްސްޓައިލް

ޓްރެންޑް: ލޯބި ލޯބި ވެޑިން ވީޑިއޯކޮޅެއް!

ފޮޓޯގައި މި ފެންނަނީ ފާތުމަތު ލައިޝާ ޝާހިރު އާއި އަހުމަދު ޖައުޝަން ޝަހީމްގެ ކައިވެނީގެ ފޮޓޯ ޝޫޓްގެ ތެރެއިން ނެގި ފޮޓޯ ގަނޑެކެވެ. މޫނަށް އައިސްފައިވާ ހިނިތުންވުމަކީ އާ ކައިވެނީގެ އުފާވެރި ކަމެވެ. ކުރިއަށް އޮތީ އެކުގައި ހޭދަ ކުރަން އޮތް އުފާވެރި ދުވަސްތަކެކެވެ. ބާއްޖަވެރި ހަޔާތެއްގެ ފެށުމެވެ. މިއީ މި ކަޕަލްގެ އުމުރުގައި ވެސް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަަށް ވާނެކަން ޔަގީނެވެ.

ހިތް ގަޔާވާ ކަހަލަ "ފެއަރީޓޭލް" ވެޑިން އަކާއި އެކު "ހެޕިލީ އެވަައާފްޓާ" އަށް އުއްމީދާއެކު ކުރާ ފޮނި މި ދަތުރަކީ މުހިއްމު ދަތުރެެކެވެ. އާ ހަޔާތެއްގެ ފެށުމެވެ. ލޯބިވާ އަނބިމީހާ އާއި އަބަދުވެސް ލޯބި ދޭ ފިރިމީހާގެ ގޮތުގަ އެވެ.

ކައިވެނި ދުވަހުގެ ހާއްސަ "ވެޑިންގް މޮމެންޓްސް" ތަކެއް ހުރެއެވެ. ކުދި ކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމެެވެ. ކައިވެނި ކުރާ ދުވަހަށް ތައްޔާރު ވުމުން ފެށިގެން ކައިވެނީގެ މަޖިލީސްގައި "އަނބި ގަބޫލު ކޮށްފިން" ކަހަަލަ މުހިއްމު އަދި އަބަދަށް ހަނދާނުގައި ބަހައްޓަން ބޭނުންވާ ވެޑިންގް މޮމެންޓްސް ވީޑިއޯ ކޮށްލާފައިވާ ބޭއްވުން ސަޅި ނޫން ހެއްޔެވެ؟

ޒަވާޖީ ހަޔާތާއެކު ދެމަފިރިންނަށް ދަރިންތަކެއް ލިބޭއިރު އެ ކުދިން ބަލާލަން ވެސް މި ވީޑިއޯކޮޅު ކިހާ ލޯބި ހެއްޔެވެ؟ އެއީ ކިހާ ލޯބި ގުޅުމަކުން ދުނިޔެއަށް އައި ކުދިންކަން އަބަދުވެސް ހަނދާންވާނެ ނޫން ހެއްޔެވެ؟

ތީމްތަކަށް ޕާޓީ ބޭއްވުމުގެ ވާހަކަ ބާއްވާށެވެ. އެއީ މާ ކުރީގެ ޓްރެންޑެކެވެ. ކޮންމެ ތީމަކަށް ޕާޓީ ބޭއްވިޔަސް ކައިވެނީގެ ދުވަހުގެ ހަނދާނަކަށް ހަދާ މި ވީޑިއޯ ކޮޅަކީ މިހާރު ޓްރެންޑެވެ.

ލައިޝާ އާއި ޖައުޝަންގެ ކައިވެނީގެ ދުވަހުގެ މި ވީޑިއޯ ވަރަށް ލޯތްބެވެ. މޯލްޑިވިއަން އައިޑަލް އިން ވިދާލި އަހުމަދު ނަޒީހު ނުވަތަ ރާޅުބޯއީގެ ރީތި ފުން ވަރުގަދަ އަޑުން ކިޔަފައިވާ "ރާޅޭ" މި ލަވަ ބެކްގްރައުންޑްގައި މިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްފައި ހަތަރު މިނެޓުގައި ވީޑިއޯ ކޮޅުން އިޝްގީ ލޯބީގެ ރާޅެއްގައި ޖެހޭ ވައިބެއް އިހްސާސް ކުރެވެ އެވެ.

ލައިޝާ އާއި ޖައުޝަން ވެޑިންގްއަށް ތައްޔާރުވާން ފަށާ ހިސާބުން ފެށިގެން ވެޑިންގް ޑްރެސް ލައިގެން ނުކުންނަ އިރު ޖައުޝަން ލޮލުން އަންނަ އުފަލުގެ ކަރުނަ އާއި ބޮޑު ހިނިތުންވުން ވީޑިއޯއިން ފެނެ އެވެ. ކައިވެނި މަޖިލީހުގައި ގާޒީ ހެޔޮ ގޮތުގައި އުޅުމަށް ކުރައްވާ ވަސިއްޔަތާއި ކައިވެނީ ވަލީވެރިޔާގެ އިޒުނަ އާއި ހެކިވެރިޔާގެ ހެކިކޮށް ﷲ ގެ އިސްމުފުޅުގެ ބަރާކާތުން ކައިވެނި ކޮށްދޭ ތަނުން "އަނބި ގަބޫލު ކޮށްފިން" ކަމަށް ބުނެލާ އަޑާއި މަންޒަރު ފެނެއެވެ. ދެ އާއިލާ އުފަލުގައި އަތްޖޯޑުކޮށް ސަލާން ކުރާ ތަން ފެނެއެވެ. ކައިވެންޏަށް ފަހު އުފަލުން މި ކަޕަލްގެ ނާށާލާ ތަން ވެސް ފެނެ އެވެ.

ކައިވެނި ޕާޓީތަކުގައި މިކަހަލަ ވީޑިއޯއެއް ހެދުން މިހާރު މިއީ ޓްރެންޑެކެވެ. ކުރިން ވެސް ކައިވެނި ވީޑިއޯ އޮވެއެވެ. އޭގައި ބޮޑަށް ފެންނަނީ ޕާޓީ ތެރޭގެ މަންޒަރުތަކެކެވެ. މިގޮތަށް ހަދާ ވީޑިއޯތަކަކީ ފަހުގެ ޓްރެންޑެކެވެ. ކިތަންމެ ބޮޑުކޮށް ނޫނީ ކުޑަކޮށް ޕާޓީ ބޭއްވިއަސް ހުރިހާ މުހިއްމު މޮމެންޓްސް ހިމަނާލާ ކޮންމެ ޖޯޑެއްގެ މިކަަހަލަ ވީޑިއޯކޮޅެއް މުހިއްމެވެ.

ލޯބިގޮތަކަށް ކެންޑިޑް މޮމެންޓްސް އާއި އެއްކޮށް ވެޑިން ވީޑިއޯ ހެދުން އަމާން ކޮށްފައިވާ މަސައްކަތް

މި ޓްރެންޑް ސެޓް ކުރީ؟

ވީޑިއޯއިން ފެންނަަނީ އިޝްގީ ލޯބީގެ ފުން ރާޅެއްގައި ޖެހިފައި އެކީގައި ހޭދަ ކުރާ ވަރަށް ހާއްސަ ވަގުތު ކޮޅުތަކެވެ. މި ވީޑިއޯގެ ފަހަތުގައި ހުރީ މުހައްމަދު އަމާން (އަމަންޓޭ) އެވެ. މިއީ އޭނާގެ ބުރަ ބޮޑު މަސައްކަތެކެވެ. އަމާން އޭނާގެ ވެބްސައިޓުގައި އޭނާގެ މި މަސައްކަތް ގެލެރީ ކޮށްފައި ވެއެވެ.

އޭގައި އަމާންގެ ތައާރަފެއް ދެމުން ބުނެފައިވާ ގޮތުގައި އޭނާ 2012 އިން ސިނެމެޓޮގްރަފީ އިން ޑިގްރީ ފުރިހަމަ ކުރި އެވެ. އަދި 2015 ގައި އަމިއްލަ ސުޓޫޑިއޯ، "ސިލްވާ ގޯލްޑް" ސްޓޫޑިއޯ ރެޖިސްޓާކޮށް އިންޑަސްޓްރީއަށް ވަނީ އެވެ.

"އަޅުގަނޑު ބޮޑަށް ކުރަމުން އައި މަސައްކަތަަކަކީ ރިސޯޓް ފޮޓޯގްރަފީ އާއި ކޯޕަރޭޓް އިވެންޓްސްގެ މަސައްކަތް. ދެހާސް ފަނަރަ ވަނަ އަހަރު ފުރަތަމަ ފަހަރަށް ވެޑިން ޝޫޓަކަށް ފުރުސަތު ލިބުނީ. އެއީ ކޮއްކޮގެ ވެޑިން ވީޑިއޯ ހަދަން. ސަލްޓަން ޕާކްގައި ބޭއްވި މި އިވެންޓްގެ ވީޑިއޯ ވަރަށް ރަނގަޅު ފީޑްބެކެއް ލިބުނު."

އަމާން ބުނި ގޮތުގައި އެ ދުވަސްވަރަކީ ވެޑިން ވީޑިއޯގްރަޕީއަށް މީހުން ފައިސާ ހަރަދުކުރަން ބޭނުންވީ ދުވަސްވަރެއް ނޫނެވެ.

"ވަރަށް ބޮޑު ޗެލެންްޖަަކަށްވި އެދުވަސްވަރު ވެޑިން ވީޑިއޯގްރާފަރަަކަށް ވެގެން ކްލައިންޓުން ހޯދުން. ވަރަށް ބޮޑަށް ކޮންވިންސް ކޮށްދޭން ޖެހުނު. އެހެންވެއާވެސްއެކު ރިސޯޓް މަސައްކަތުގައ އުޅެމުން ލިބުނީ އެހެން ފުރުސަތެެއް. އަމާންގެ އިންސްޓަގްރާމް އިން ދޫކޮށްލި މި ވީޑިއޯކޮޅު ވަރަށް ބޮޑަށް ވައިރަލްވީ"

މިއީ އޭނާގެ މަސައްކަތަށް ބޮޑު އިންވެސްޓްމެންޓެއް ކުރަން ނިންމި ހިސާބެއް ކަމަށް އަމާން ބުންޏެވެ.

"އިކުއިޕްމެންޓާއި ވަރުގަދަ ޓީމެއް ހޯދީ. އަދި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް އޮންލައިންކޮށް ވަރަށް ބޮޑަށް ދަސްކުރިން. އަބަދު ވެސް ބަލަނީ ވަރަށް ކޮލިޓީ އެއްޗެއް ޑެލިވާ ކުރެވޭތޯ. ޓީމް ވެސް އެގޮތަށް މަސައްކަތް ކުރަނީ. ޓީމްގެ މަސައްކަތް ފާހަގަ ކޮށްލަން" އޭނާ ބުންޏެވެ. އެ ޓީމްގައި މާއިސް އާއި އިމްލީދު އާއި އިސްމާއިލް އާއި މާނިޝް އާއި ސުހެއިލް އާއި ރިޒްހާން އަދި މާޒިން ހިމެނެ އެވެ.

ވެޑިން ވީޑިއޯތަކާ އާއި ގުޅޭގޮތުން އަމާން ބުނަނީ އެންމެ ރީތިކޮށް ފުރިހަމައަށް ވީޑިއޯ ހެދެނީ ކަޕްލްސް އާއި ކުރިން ބައްދަލުކޮށް އެ ދެމެދުގެ އޮންނަ "ކެމިސްޓްރީ" ރަނގަޅަށް އެނގުމުންނެވެ.

"ހުރިހާ ވެޑިންގް ފޮޓޯ އަދި ވީޑިއޯ އެއްވެސް އެއީ ހަމަ ވެޑިން ދުވަހު ލައިވްކޮށް ވެޑިންގް ހިނގަމުން ދާއިރު ނަގާފައިވާ ޝޮޓްސް. ހަމަ އެކަނި ތަފާތު ވާނީ އައުޓްޑޯ ޝޮޓްސް ނަގާ ދުވަސް. އަޅުގަނޑު ބޮޑަށް ބަލަނީ ކަޕްލްގެ އަސްލު މިޒާޖު ދައްކުވައި ދެވޭތޯ. މިކަން ކުރެވޭނީ ވީހާވެސް ކެންޑިޑް ކޮށް ޝޮޓްތައް ނަގައިގައިގެން. އަދި އަޅުގަނޑު މެންގެ އެކުވެރި މިޒާޖުގެ ގޮތުން ކަޕްލް އަށް ސަކަރާތް ޖަހާ ނަށާ ހަދާލަން ވެސް ކޮމްފޯޓަބްލް ފީލް ވާނެ."

ވީޑިއޯ ފުރިހަމަ ކޮށްލަނީ ވީޑިއޯއަށް ލާ ލަވައިންނެވެ. ލަވަ އާއި ގުޅޭގޮތުން އަމާން ބުނާ ގޮތުގައި އާއްމުކޮށް ޝޫޓް ފެށުމުގެ ކުރިން ވީޑިއޯއަށް ލާނެ ލަވަޔާއި މިއުޒިކް އަދި މުހިއްމު ޝޮޓްސްތައް ޑިސްކަސް ކުރާނެ ލަވަ ހުށަހަޅަނީ ކަޕްލް އެވެ. ބައެއް ފަހަރު އަމާން ވެސް ލަވަ ޗޫސް ކޮށްދެ އެވެ.

"ވެޑިން ދުވަހު އުޅޭނީ ހަމަ އެއްކޮށް މި ކަމުގަ، ބްރައިޑް ސެލޫންއަށް ދާ އިރު އަޅުގަނޑުމެން ތިބޭނީ ރެޑީވެގެން ގޮސް އެތާ. ވެޑިން ނިމިގެން އެއްމެ ފަހުން ގެޔަށް ވެސް ދާނީ އަޅުގަނޑުމެން. އެޑިޓިންގް ދެން އޮންނާނީ އާއްމުކޮށް އަށް ގަޑިއިރު. ބައެއް ވެޑިންގެ ގޮތުން އެއަށް ވުރެ ގިނަ ވެސް ވޭ. އެޑިޓިން ބަހާ ލަނީ ދުވަހުގެ އެކި ވަގުތު ތަކަށް."

އަމާންގެ ވެބްސައިޓު މިގޮތަށް އަޕްލޯޑް ކުރަން ނިންމީ އޭނާގެ މަސަކަތް އަދި އެ ދުވަހުގެ ތަޖުރިބާ ޝޯވްކޭސް ކުރުމަށެވެ. މިގޮތުން ކްލައިންޓްގެ ހުއްދައާއެކު ލާ ވީޑިއޯ ތަކާއެކު ފޮޓޯ ވެސް ހިމަނަ އެވެ. މިހާތަނަށް އޭނާގެ 100 ވުރެ ގިނަ ވެޑިންގ ވީޑިއޯ ހަދައި ފިއެވެ. އަދި އެންމެ ހިތްހަމަޖެހިގެން ކުރެވުނީ ކޮން މަސައްކަތެއްކަން އޭނާއަށް ބުނަން އުދަނގުލެވެ.

"ކޮންމެ ވީޑިއޯ އެއްވެސް ތަފާތު ވާނެ، އަދި އަޅުގަނޑު މި މަސައްކަތް ކުރަނީ ވަރަށް ކުރާހިތުން، ހަމަ ޕާފެކްޓް ކުރަން، ހަމަ ކޮންމެ ވެޑިންގް އެއްގަ ވެސް އަޅުގަނޑުމެން ޓީމުން 100 ޕަސެންޓް ލަން،"

އަމަން ބުނި ގޮތުގައި މިހާރު ވެޑިން ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެ "ނިއުނޯމަލް" ވެފައެވެ. މިހާރު އެއް ދުވަހު ކައިވެނި ބާއްވާފައި ޕާޓީ އޮންނަނީ އެހެން ދުވަހަކު އެވެ. އެހެން ވެސް މަސައްކަތް ވަރަށް ދިގުވެގެން ދެ އެވެ.

"އެކަމަކު އަދި ކަޕްލްގެއުފާވެރި ދުވަސް އެންމެ ފުރިހަމަ ގޮޮތުގައި ދެއްކުމަށް ވަރަށް މަސައްކަތްކުރަން،"

އަމަންއަށް ގަބޫލު ކުރެވިފައިވާ ގޮތުގައި އޭނާގެ މި އައިޑިއާ އަލަށް ކައިވެނި ކުރާ މީހުންނަށް ކަމުގޮސްފައި ވެއެވެ. އަލަށް ކައިވެނި ކުރާ މީހުން މިގޮތަށް ވީޑިއޯ ކޮޅެއް ހެދުން ޓްރެންޑަކަށް ވެއްޖެ އެެވެ. އަދި ވަރަށް ގިނަ އެހެން އާޓިސްޓުން އޭނާގެ ފިޔަވަޅު މަތީން އިންސްޕަޔާ ވުމަކީ އޭނާގެ އުއްމީދެވެ.