ލައިފްސްޓައިލް

ސްވިޑްން މީހުން މެހެމާނުންނަށް ކާން ނުދޭ ވާހަކަ

"ސްވިޑްންގޭޓް" ގެ ނަމުގައި ޓުވިޓާގައި އިއްޔެ ވަރަށް ވަރުގަދަ ޚަބަރެއް ޓްރެންޑްވި އެވެ. މި ޚަބަރު މަޝްހޫރު ވެގެން ދިޔަ ދިޔައީނުން މިހާރު ހުރިހާ އެންމެން ވެސް ދައްކަނީ މި ވާހަކަ އެވެ.

މިކަމެއް ފެށުނީ ސައިޓެއްގައި މީހަކު ޝެއާ ކުރި އޭނާގެ އަމިއްލަ ތަޖުރިބާ އަކާ ގުޅިގެންނެވެ. ސްވިޑްން އަށް ޒިޔާރަތްކުރި މި މީހާ އޭނާގެ އެކުވެރި ސްވިޑްން މީހަކަށް ޒިޔާރަތް ކުރުމުން އެ ގެއިން އޭނާ އާ ދޭތެރޭ ކަންތައް ކުރި ގޮތުގެ ވާހަކަ މި މީހާ ކިޔައިދީފައި ވެއެވެ.

މީހުންގެ ސަގާފަތާއި ދީނުގެ ތަފާތުގެ ސަބަބުން އެ ގޭގެޔަށް ޒިޔާރަތްކުރާ މެހެމާނުންނާ ދޭތެރޭ ކަންތައްކުރި އެންމެ އާދަޔާޚިލާފު އަޖައިބު ކުރުވަނި ގޮތްތައް އެކި މީހުން ކިޔައިދެމުން ގެންދިޔަ އެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ތަޖުރިބާގެ އަލީގަ އެވެ. އެގޮތުން މި މީހާވެސް ސްވިޑްން އަށް އޭނާ ކުރި ދަތުރެއްގައި އެ ގައުމުގައި ދިރިއުޅޭ އޭނާގެ އެކުވެރިއެއްގެ ގެޔަށް ޒިޔާރަތް ކުރުމުން ދިމާވި ކަންތައްތަކެއްގެ ވާހަކަ ކިޔައިދީނީ އެވެ.

މި ވާހަކަތަކުގެ އަޑު ގަދަވީވަރުން ގޮސް ބަޔަކު މައްސަލަ ޖައްސައިގެން މިހާރު މި ވާހަކަތައް ވަނީ ޓުވިޓާއިން ފޮހެލާފަ އެވެ. ނަމަވެސް ފޮހެލަންވީއިރަށް މި ވާހަކަ ޓްރެންޑްވެ އެތައް މިލިއަން ބަޔަކު ވާހަކަ ދައްކާ މައުލޫއަކަށް ވެ ނިމިއްޖެ އެވެ.

"އަހަރެން ހަނދާން އެބަހުރި އަހަރެންގެ ރައްޓެހި ސްވިޑްން މީހެއްގެ ގެޔަށް އަހަރެން ޒިޔާރަތްކުރި ދުވަސް. އަހަރެމެން އެންމެން ތިބީ އެ ގޭގެ ކޮޓަރިއެއްގައި ކުޅެން. އެހެން ތިއްބާ އެކުވެރިޔާގެ މަންމަ ގޮވަން ފަށައިފި ރޭގަނޑުގެ ކެއުން ތައްޔާރުވެއްޖޭ. އަންނާށޭ. އެހެން ގޮވުމުން އަހަރެންގެ އެކުވެރިޔާ ބުނި އޭނަ ކައިގެން އަންނަންދެން އެ ކޮޓަރީގައި މަޑުކޮށްލައިގެން އިންނާށޭ،" މިހާރު ފޮހެލާފައިވާ ކޮމެންޓުގައި އެމީހާ ބުނެފައި ވެއެވެ.

މި ޕޯސްޓާއެކު އިންޓަނެޓުގައި ހީވީ ބޮޑު ތޫފާނެއް ލައިގެން ހެންނެވެ. "ސްވިޑްންގޭޓް" ގެ ނަމުގައި މި ވާހަކަ ޓްރެންޑްވެ ސްވިޑްންގެ ސަގާފަތާއި އާދަކާދައަށް އެތައް މިލިއަން ބަޔަކު ފާޑުކިޔައި ވަރަށް މަލާމާތްކޮށް ހަދާފައި ވެއެވެ.

މިއީ ސްވިޑްންގައި ޒަމާނުއްސުރެ އޮންނަ އާދަކާދައެއްކަން ދުނިޔޭގެ ގިނަ ބަޔަކަށް އެނގުނީ މި މީހާގެ ތަޖުރިބާ ކިޔައި ދިނުމުންނެވެ.

ސްވިޑްން އަކީ ވަރަށް ނަސްލީ އިމްތިޔާޒު ބޮޑު ބަޔަކު ދިރިއުޅޭ ގައުމެއް ކަމަށް ވެސް ކޮމެންޓުކުރި ގިނަ ބަޔަކު ބުނެފައި ވެއެވެ. އަދި މިކަމާ ގުޅޭ ހެއްވާ މަޖާ ކޮމެންޓުގައި މީމްސް ތަކުން މުޅި އިންޓަނެޓު އިއްޔެ އޮތީ ފުރާލާފަ އެވެ.