LIVE UPDATES

އަދީބަށް ހުކުމް އިއްވުން: ހަތް ދައުވާއަށް 20 އަހަރު

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ހުކުމް އިއްވުމުގެ މަޖިލިސް ފެށިއްޖެ އެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވެފައިވާ ކަމަށްބުނާ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާ އެވެ. އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ. މި ދައުވާތަކާއި ގުޅިގެން އަދީބު ވަނީ ތަހުގީގަށް އެއްބާރުލުންދޭން ނިންމައި ދައުލަތާއި އެކު އެއްބަސްވުމެއް ހަދާފަ އެވެ. މި އެއްބަސްވުމުގައި އަދީބު ވަނީ އޭނާ އަށް ދެވޭނެ އެންމެ ލުއި އަދަބުތައް ދައުލަތުން ފާހަގަކުރުމުން އެކަންކަމަށްވެސް އެއްބަސްވެފަ އެވެ.