އެމްއެމްޕީއާރުސީގެ ހިޔާނާތް

މޮހޯ އިނގިރޭސިވިލާތުގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރަނީ

Sep 28, 2022
6
އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގިއިރު އެސްއޯއެފްގެ އެމްޑީ މުހައްމަދު އައްލާމް ލަތީފު (މޮހޯ)
0%
0%
0%

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާތައް ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުރި މުހައްމަދު އައްލާމް ލަތީފް (މޮހޯ) އިނގިރޭސިވިލާތުގައި ވިޔަފާރިތަކެއް ފަށައިފި އެވެ.

އެގައުމުގެ ރަސްމީ އިދާރާތަކުގެ މައުލޫމާތުތަކުން މޮހޯ ހިއްސާވާ ވިޔަފާރިތަކެއް ހުރިކަން އެނގެ އެވެ. އެ ކުންފުނިތަކުން ކުރަމުންދަނީ ރިއަލް އެސްޓޭޓްއާ ގުޅޭ ވިޔަފާރި އެވެެ.

މޮހޯ ހިއްސާވާ ވިޔަފާރިތަކުގައި އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓު) އާއި މޮހޯގެ އަންހެނުން ނަސްރާ މުހައްމަދާއި މޮހޯގެ ބައްޕަ އަބްދުއްލަތީފު އަބޫބަކުރު ވެސް ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރައްވަމުން ގެންދެވި ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގޮއްވާލުމުގެ ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއް ފަހުން މޮހޯ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފަ އެވެ.

"ފިނިފެންމާ" ލޯންޗްކޮޅު ގޮއްވާލުމުގެ ހާދިސާއާ ގުޅިގެން މޮހޯ ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސްވެސް ނެރުނެވެ. ރެޑް ނޯޓިސް ބާތިލުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ދައުރު ކުރުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ފްރީޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ އެކައުންޓް ދޫކޮށްލާފައިވާކަން އޭސީސީން ވަނީ މިއަހަރުގެ އޮގަސްޓް މަހު ހާމަކޮށްފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ސްޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށްވެސް ދައުލަތުން ވަނީ ސްޕްރީމް ކޯޓުގެ ޝަރީއަތުގައި ބުނެފަ އެވެ.

ދައުވާ ނުކުރުމަށް ނިންމި ސަބަބެއް ކަމަށް ދައުލަތުން އޭރު ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ދައުވާތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކުގައި އެސްއޯއެފްގެ އެއްބާރުލުން ބޭނުންވާތީ ކަމަށެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910