އެމްއެމްޕީއާރުސީގެ ހިޔާނާތް

އެއްބަސްވުންތައް ހަދާފައި ހުރީ ދައުލަތަށް ފައިސާ ލިބޭގޮތަކަށް ނޫން: މުއިއްޒު

Oct 3, 2022
ކުރީގެ ޕީޖީ އަހްމަދު މުއިއްޒު -- ފޮޓޯ: އަވަސް
0%
0%
0%

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މުގުލުގައި ތިބި މީހުންނާ އެކު ދައުލަތުން އެއްބަސްވުންތައް ހަދާފައި ހުރީ ދައުލަތަށް އެއްވެސް ފައިސާއެއް ލިބޭ ގޮތަށް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ފެންމަތިވި ދުވަސްވަރު ޕީޖީ އަކަށް ހުންނެވި މުއިއްޒު ކުރެއްވި ޓްވީޓެއްގައި ފުރަތަމަ ރައީސް ސޯލިހަށް ކުރިމަތިކުރައްވާފައިވަނީ ސުވާލެކެވެ.

"ގެއްލުނު ފައިސާ ހޯދުމުގެ އެންމެ މައްސަލަަ އެއްވެސް ކޯޓަށް ހުށަހަޅާފައިވޭބާ؟" މުއިއްޒު އައްސަވާފައިވެ އެވެ.

އޭގެފަހުގައި މުއިއްޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންނާ އެކީ ދައުލަތުން އެއްބަސްވުންތައް ހަދާފައިވަނީ ގާނޫނާ ހިލާފަށް އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ވެސް ލިބޭ ގޮތަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއްބަސްވުންތަކުގައި ދައުލަތުގެ މަސްލަހަތު ވެސް ރައްކާތެރިކުރެވިފައި ނުވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ކަމަށް ދައުލަތުން ބުނާ އެއް މިލިއަން ޑޮލަރު އޭސީސީން ވަނީ ރައީސް ޔާމީނާ އެކު އެއްބަސްވުމެއް ހަދައި ބީއެމްއެލްގައި އެކްސްރޯ އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފަ އެވެ. އެ ފައިސާ ހޯދުމަށް ރައީސް ޔާމީން މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެ ފައިސާ އަދިވެސް ހުރީ އެ އެކައުންޓްގައި ހިފަހައްޓާފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުންގެ މައްސަލަތައް ސާބިތުކުރުމަށްޓަކައި ދައުލަތުން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މުގުލުގައި ހުރި ކަމަށް ބުނާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްއާ އެކު ވެސް އެއްބަސްވުމެއް ހަދާފަ އެވެ.

ދަރުބާރުގޭގައި ރޭ އޮތް ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ތެރެއިން ރިސޯޓް ހަދަން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ ހިޔާނާތުގެ ތެރެއިން ކަމަށެވެ. އެހެންވެ އެތަންތަނުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުން ވަރަށް ބޮޑު ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ. އެކަމަކު މައްސަލަތައް ކޯޓަށް ހުށަހަޅައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345