ހަބަރު

ރަށްރަށުގައި އެސްޓީއޯ ފާމަސީތަކުގެ އަދަދު 178 އަށް

Oct 15, 2015

މީހުން ދިރިއުޅޭ ރަށްރަށުގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީތަކުގެ އަދަދު 178 އަށް އަރުވައިފި އެވެ.

މި އަދަދަށް ފާމަސީ ހުޅުވި އިރު އެންމެ ފަހުން ދެ ފާމަސީ ހުޅުވާފައިވަނީ ޅ. ކުރެންދޫ އާއި ނ. މިލަދޫގަ އެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފާމަސީ ގާއިމްކުރުމަށް އެސްޓީއޯއިން ކުރިއަށްގެންދާ މަޝްރޫއު ނިންމާނީ މިއަހަރު އެވެ. އެ ޕްރޮޖެކްޓްގެ ދަށުން 180 ފާމަސީ ހުޅުވާނެ އެވެ.