LIVE UPDATES

ފުލުހުންނާއި ސިފައިން ވަދެ އެމްއެމްޕީއާރްސީ ފާސްކުރަނީ

  • ހާމިދުގެ ގެ ފާސްކޮށް ނިންމާލައިފި
  • އެ ގޭގައި ނައިބު ރައީސް އަދީބު ވެސް ކުރިން އުޅުއްވި
  • މިހާރު ބަލައި ފާސް ކުރަނީ އެމްއެމްޕީއާރްސީގެ އޮފީސް

ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެއަށް ކަމަށްވާ ހާމިދު އިސްމާއިލް (ގަލްފް ކްރާފްޓް ހާމިދު) ދިރިއުޅުއްވާ މ. ޝުރާމަންޒިލަށް ފުލުހުންގެ ޓީމަކުން ވަދެ ފާސްކުރަން ފަށައިފި އެވެ. ފުލުުހުން އެކަން އަވަސް އަށް ޔަގީންކޮށްދިނެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުންޏެވެ.

އެ ގޭގެ އެންމެ މަތީ ދެ ފްލޯގައި މީގެ ކުރިން ނައިބު ރައީސްވެސް ދިރިއުޅުއްވި އެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ފުލުހުންގެ ޓީމަކުން އެގެއަށް ވަދެ ފާސްކުރަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް ކޯޓު އަމުރުގައި އެކި މައްސަލަތައް ހުރެގެން އެގެއަށް ފުލުހުންނަށް ވަދެވޭ ގޮތެއްނުވެ އެވެ.

(ތަފްސީލް އަންނަނީ)