ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވީ މީހުންގެ އަދަދު 46 އަށް

ކަނޑިންމަ ރިސޯޓުން އިތުރު 27 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކަނޑިންމަ ރިސޯޓުން މިހާތަނަށް 176 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 46 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 126 ސާމްޕަލް ނެގެޓިވްއެވެ. ކަނޑިންމައިން ފުރަތަަމަ ޕޮޒިޓިވްވި މީހާ ވަނީ މަރުވެފައެވެ.

ކޮންޓެކްޓް ޓްރޭސިންގް އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރިސޯޓުގައި އަދިވެސް ހަރަކާތްތެރިވަމުންދާއިރު އެ ރިސޯޓަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ.