ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު މައްޗަށް، ޕޮޒިޓިވް 71

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް 71 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 11,893 އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 60 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 11 މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 15 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ 56 ބިދޭސީންނެވެ. މިއަދުގެ ނަންބަރު މައްޗަށް ދިޔައީ ރާއްޖޭގައި މަަސައްކަތް ކުރަން އައި ބިދޭސީންތަކެއް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މިއަދު ޓެސްޓް ކުރީ 1،758 ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 838 މީހުންނެވެ. ކޮވިޑްގައި 38 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 56 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

އަތޮޅުތަކުން 11 ރަށެއްގައި 14 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 30 ރިސޯޓެއްގައި 46 ފަތުރުވެރިންނާއި 127 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.