ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ ކޮވިޑް މަރު 40 އަށް އަރައިފި

މަރުވެގެން ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ގެނައި ބަންގްލަދޭޝް މީހާ މަރުވީ ކޮވިޑް-19 ގައި ކަމަށް ކަނޑައަޅައިފި އެވެ. މި ނިންމުމާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަަދަދު 40 އަށް އެރީއެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ބަންގްލަދޭޝް ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން މަރުވާ ކޮންމެ މީހަކު ކޮވިޑަށް ޓެސްޓުކުރާ އުސޫލުގެ ދަށުން އޭނާ ޓެސްޓު ކުރުމުންނެވެ.

މަރުވެފައިވަނީ އުމުރުން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 11،900 އިން މައްޗަށް ގޮސްފައިވަނީ ގޮސްފައެވެ.