ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގެ ކޮވިޑް ނަންބަރު 12،000 އިން މައްޗަށް

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް 23 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 12,009 އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 21 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް ދެ މީހުން ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ 20 ދިވެހިން ހިމެނެ އެވެ. ދެން ހިމެނެނީ ތިން ބިދޭސީންނެވެ. މިއަދު ޓެސްޓް ކުރީ 1،342 ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 830 މީހުންނެވެ. ކޮވިޑްގައި 40 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 52 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.

އަތޮޅުތަކުން 14 ރަށެއްގައި 20 މީހަކަށް ބަލިޖެހިފައި ވެއެވެ. އެޗްޕީއޭއިން ބުނީ 25 ރިސޯޓެއްގައި 53 ފަތުރުވެރިންނާއި 138 މުވައްޒިފުންނަށް ވެސް ބަލި ޖެހިފައިވާ ކަމަށެވެ.