ދިގުރަށް

ބީއެމްއެލްގެ އޭޓީއެމް ދިގުރަށަށް

ބީއެމްއެލް އިން އދ. ދިގުރަށުގައި ސެލްފް ސަވިސް ބޭންކިން ސެންޓަރު ގާއިމްކޮށްފި އެވެ.

ބެންކް އޮފް މޯލްޑިވްސް ގެ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިގުރަށުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު ގާއިމްކޮށް ރަސްމީކޮށް ހުޅުވީ މިރޭ އެވެ. މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާ ކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިން އދ. ދިގުރަށުގައި ސެލްފް ސަވިސް ބޭންކިން ސެންޓަރު ގާއިމްކުރުމާއި ގުޅިގެން އެ ރަށް ހިމެނޭ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ބެންކް އޮފް މޯލްޑިވްސް އަދި ސަރުކާރުގެ ވެރިންނަށް ޝުކުރު ދަންނަވާފައެވެ.

"ދިގުރަށުގައި އޭޓީއެމްގެ ހިދުމަތް ފެށިއްޖެ. ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް ދެއްވުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް އިހްލާސްތެރި ކަމާއެކު ޝުކުރިއްޔާ،" ޝުކުރު އަދާކޮށް މެންބަރު ނާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.