ދަނގެތި

ނާޒިމްއަފާ ފައުންޑޭޝަނުން ދަނގެތީ ދާއިރާއަށް ރޯދަ ހަދިޔާ

Apr 12, 2021
1

ނާޒިމްއަފާ ފައުންޑޭޝަނުން ދަނގެތީ ދާއިރާއަށް ރޯދަ ހަދިޔާ ދީފި އެވެ.

ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ދެކަނބަލުން ހިންގަވާ ފައުންޑޭޝަނުން ވަނީ ދަނގެތި ދާއިރާގެ ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ކުކުޅު ބިސް ކޭހަކާއި ފިޔާ ބަސްތާއެއް ހަދިޔާކޮށްފައެވެ. މިދިޔަ ދެ އަހަރުވެސް އެ ފައުންޑޭޝަނުން ވަނީ ދަނގެތީ ދާއިރާއަށް ހަދިޔާ ފޮނުވާފައެވެ.

މެންބަރު ނާޒިމް ވިދާޅުވީ ނާޒިމްއަފާ ފައުންޑޭޝަންގެ ފަރާތުން ދަނގެތީ ދާއިރާގެ ކޮންމެ ގޭބީސީއަކަަށް ހަދިޔާއެެެއް ފޮނުވުމަކީ ލިބުނު ވަރަށް ބޮޑު އަުފަލެއް ކަމަށެވެ. ނާޒިމް ވަނީ ދާއިރާގެ ރައްޔިތުންނަށް ރޯދަ މަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ދަނގެތި ދާއިރާގައި ފަސް ހިމެނެއެވެ. އެއީ ދަނގެތި، ދިއްދޫ، މަންދޫ، އޮމަދޫ އަދި ދިގުރަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ނާޒިމްއަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވަރުންނަށް ޕީޕީއީވެސް ވަނީ ހަދިޔާކޮށްފައެވެ. އެ ފަހަރު އެ ފައުންޑޭޝަނުން 3000 އަންގިއާއި 2000 މާސްކު އަދި 1000 ސެނިޓައިޒާ ފުޅި ހަދިޔާކޮށްފައިވެއެވެ.