ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހޮސްޕިޓަލްގައި ފަރުވާދޭ މީހުންގެ އަދަދު 80 އަށް

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު 80 އަށް އަރައިފި އެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މި ދުވަސްކޮޅު ވަރަށް ބޮޑަށް މަދުވެގެން ދިއުމަށް ފަހު މި ދެތިން ދުވަހު ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއަދުވެސް 94 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑްގައި ދިވެހިން ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކުގައި އެއް ފަހަރާ 200 އެއްހާ މީހުން އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް ފަހުން އެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެ އަދަދު 50 އިން ތިރިއަށްވެސް ދިޔައެވެ. ނަމަވެސް އަނެއްކާވެސް އެ އަދަދު ވަނީ މަތިވެފައެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހިގެން މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ 80 މީހަކުވާ ކަމަށެވެ. މިހާތަނަށް ކޮވިޑް ބަލީގައި 45 މީހަކު ވަނީ މަރުވެފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 12,546 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 997 މީހުންނެވެ. މިހާތަނަށް 11،497 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ.