LIVE UPDATES

ލޯންޗްގައި ގޮއްވާލީ ބޮމެއް، އެކަން ކުރީ ރައީސް އަވަހާރަކޮށްލަން: ކޮމިޝަން

Updated:
  • މިއީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް
  • އަދިވެސް ތަހުގީގު ދަނީ ކުރިއަށް
  • ކޮމިޝަނުން ވަކި މީހަކަށް އަދި ތުހުމަތެއް ނުކުރަން

ރައީސްއަށް އަމާޒުކޮށްގެން ރައީސް ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި ދިން ހަމަލާ ތަހުގީގުކޮށް އެކަމުގައި ފިޔަވަޅުތައް އެޅުމަށް ލަފާ ދިނުމަށް ރައީސް އުފައްދަވާފައިވާ އިންކްއަރީ ކޮމިޝަނުން މިއީ ނޫސްވެރިންނާ ބައްދަލު ކުރާ ފުރަތަމަ ފަހަރު. އެ ކޮމިޝަންގެ ޗެއާ އަކީ ރައީސް އަބްދުﷲ ޔާމިން އަދި ކޯޗެއާ އަކީ ހޯމް މިނިސްޓަރު އުމަރު ނަސީރު. މުޅި ތަހުގީގު ހިނގަނީ ކޮމިޝަންގެ ބެލުމުގެ ދަށުން.

އެ ކޮމިޝަންގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ؛

ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާ
ކާނަލް އަބްދުއްރައޫފް
ކެޕްޓަން އަލީ އިހުސާން
އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްްޝީދު
އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ނަވާޒު
ޗީފް ސްޓޭޝަން އިންސްޕެކްޓާ މުހައްމަދު ސާމިހު