އުމަރު ނަސީރު

މިހާރު ހުރި ހެކިން، ފިނިފެންމާ މައްސަލައިގެ ދައުވާތައް ސާބިތު ކުރެވޭނެ: އުމަރު

0%
0%
0%
  • ތަހުގީގުގެ 75 ޕަސެންޓް ނިމިފައިވޭ
  • މައްސަލަ ސާބިތު ކުރެވޭ ވަރު ހެކި އެބަހުރި
  • މައްސަލަ ލަހެއް ނުވެ ޕީޖީއަށް ފޮނުވާނެ
ރިޔާސީ ލޯންޗުގައި ބޮން ގޮއްވާލި ހާދިސާގެ ތެރެއިން --

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ބޮން މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ ހެކިން، މައްސަލާގައި ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެއްވޭ ކަމަށް އިންކްއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވީ ވިދާޅުވީ ފިނިފެންމާގައި ބޮންގޮއްވި ހާދިސާގެ ތަހުގީގުގައި އިތުރު އަޕްޑޭޓްތަކެއް އައިސްފައި ނުވާ ކަމަށާއި ތަހުގީގުގެ ގާތްގަނޑަކަށް 75 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ކުރިން ވެސް އިޝާރާތްކޮށްފައިވާ ގޮތަށް މައްސަލައިގެ ދައުވާތައް ލަހެއް ނުވެ ޕީޖީ އޮފީހަށްދާނެ ކަމަށާއި އެ ދައުވާތަކުގައި ހިމެނޭނީ މިހާރުވެސް އެ މައްސަލަގެ ތުހުމަތުވާ މީހުން ކަމަށެވެ.

"އެ ފަރާތްތަކުގެ މައްޗަށް ތުހުމަތުކޮށް މިހާތަނަށް ހޯދިފައިވާ ހެއްކާއި ގަރީނާއިން މި މައްސަލައިގެ ދައުވާތައް ޝަރީއަތުގައި ސާބިތު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން، އެވަރަށް ތަހުގީގުގައި ވަނީ ހެކި ހޯދާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވި ވަގުތު އެވެ. އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. އަދީބު މިހާރު ވަނީ ފުލުހުން ކުރަމުންދާ ތަހުގީގަށް ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ާްައައްޔަ

ޙުސްދޮގު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345