ހަބަރު

ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓް ރައީސަށް އަރުވައިފި

Oct 20, 2015

ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ދިން ހަމަލާ ތަހުގީގު ކުރަން އެކުލަވައިލި ނޭޝަނަލް އިންކްއަރީ ކޮމިޝަންގެ ހޯދުންތަކުގެ މައްޗަށް އެކުލަވާލި ވަގުތީ ރިޕޯޓް ރައީސް ޔާމިނަށް އަރުވައިފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިމައްސަލައިގެ ތަހުގީގަށް ވަރަށް ގިނަ ބަޔަކު މިހާތަނަށް އެ މިޝަނަށް ހާޒިރުކޮށް ސުވާލުކޮށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށެވެ. އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ވަކިވަކި މެންބަރުން ރިޕޯޓެއް ތައްޔާރުކުރުމަށްފަހު މުޅި ކޮމިޝަންގެ ޕްރެލިމިނަރީ ރިޕޯޓެއް ތައްޔާރުކޮށް ރައީސްއަށް މިހާރު އަރުވާފައިވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ލޯންޗްކޮޅުގައި ހިނގި ހާދިސާ އަކީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ދީފައިވާ ބޮމުގެ ހަމަލާއެއް ކަމަށް ބުނެފައިވާނެ ކަމަށާއި ޕްރިލިމިނަރީ ރިޕޯޓް އެކުލަވާލީ މި މައްސަލަ ތަހުގީގު ކުރަން އައި ބޭރުގެ ތަހުގީގު ޓީމުތަކުގެ ބޭފުޅުންނާ ވަކިވަކީން ބައްދަލުކުރެއްވުމަށްފަ ކަމަށެވެ.

އިންކްއަރީ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި ކާނަލް އަބުދުއްރައޫފާއި ކެޕްޓަން އަލީ އިހުސާން އާއި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބުދުﷲ ނަވާޒާއި ޗީފް ސްޓޭޝަން އިނިސްޕެކްޓަ މުހައްމަދު ސާމިހެވެ. ދެން ހިމެނެނި ވަޑައިގަންނަވަނީ ޗެއާ، ރައީސް އަބްދުﷲ ޔާމީނާއި ކޯޗެއާ، ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.