ހަބަރު

ހަމަލާއާ ނައިބު ރައީސާގުޅޭ ހެކި އެބަހުރި: އުމަރު

Nov 1, 2015
1
  • 8 މީހަކު ތިބީ ރާއްޖެއިން ބޭރުގައި ފިލައި، އެމީހުން ގެންނާނެ
  • ހަމަލައާ އެމްއެމްޕީއާރްސީގެ މައްސަލައާ ވަނީ ގުޅިފައި
  • ސަލާމަތީ ބާރުތަކަށް މިހާރު ވީޕީގެ ނުފޫޒެއް ނޯންނާނެ

"ފިނިފެންމާ" ލޯންޗުގައި ދިން ހަމަލާއަކީ ސީދާ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް ތަހުގީގަށް ބޭނުންވާ އަށް މީހަކު ރާއްޖެއިން ބޭރުގައި ފިލައި އެބަތިބި ކަމަށާއި އެމީހުން އެއްބާރުލުން ނުދީފިނަމަ އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ ގެންނާނެ ކަމަށް އިންކްއަރީ ކޮމިޝަނުން ބުނެފި އެވެ.

އެ މީހުންނަކީ މުހަންމަދު އައްލާމް ލަތީފް (މޮހޯ) އާއި މުހަންމަދު ހުސެއިން (އޮއިއްޓޭ) އާއި މުހަންމަދު ވިޝާމާއި، މުހަންމަދު އަސީލް އަހުމަދާއި އަހުމަދު އަޝްރަފު (ޝުމްބާ ގޮންގް) އާއި ހުސެއިން ސިނާން، އަހުމަދު އިޝްފާހު އަލީ އާއި އަހްމަދު ފާތިހު ކަމަށް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވީ މީގެ ތެރެއިން ގިނަ މީހުން ތިބީ ސްރީލަންކާގަ އާއި ބޭންކޮކްގައި ކަމަށާއި އެމީހުންނަކީ ޓެރަރިޒަމް އަމަލެއް ހިންގާފައިވާ ފިލައިގެން އުޅޭ ބައެއް ކަމަށާއި އެމީހުން އެއްބާރުލުންދީ ރާއްޖެ ނައިސްފިނަމަ އިންޓަޕޯޅް މެދުވެރިކޮށް ބައިނަލްއަގުވާމީ އަމުރަކުން ހައްޔަރުކޮށްގެން ގެންނާނެ ކަމަށެވެ. އަދި އެމީހުންގެ މައްސަލަ ބޮން ގޮއްވި މައްސަލަ އާއި އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅި ލާމެހިފައިވާ ކަމަށާއި މި މައްސަލަ އާއި ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ ހެކި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މިއީ ގަސްދުގައި ރާވައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަމުގެ ވަރަށް ބައިވަރު ހެކި އެބަހުރި ކަމަށާއި ގެ އެއް ހެއްކަކީ ގޮއްވާާލި ޓައިމިން ކަމަށެވެ އުމަރު ވިދާޅޫވީ މި ތަހުގީގު ދަނީ މީހެއްގެ ފަހަތުނެއް ނޫން ކަމަށާއ ދަނީ ހެކީގެ ފަހަތުން ކަމަށާއި މިހާތަނަށް ހެކިތައް ގެންގޮސްދިނީ ނައިބު ރައީސާ ހަމައަށް ކަމަށެވެ.

"އަށް މީހުންނަކީ ދެ މައްސަލައަކާ ގުޅިގެން ހޯދާ އަށް މީހުން އެ ދެ މައްސަލައަކީ ވެސް ލޯންޗާ ގުޅުން ހުރި ހާދިސާއާ ގުޅޭ ދެ މައްސަލަ. ހޯދާ މީހުން ތިބީ ލަންކާ އާއި ބެންކޮކް އަދި މި ސަރަހައްދުގެ އެހެން ގައުމުތަކުގައި. އަޅުގަނޑު މި ގޮވާލަނީ އެ މީހުން އަންނަން. މި މީހުންނަނީ ރާއްޖޭގައި ޓެރަރިޒަމެއް ހިންގާފައި ފިލައިގެން އުޅޭ މީހުން. އެމީހުން ޝަރީއަތުގެ ކުރިމައްޗަށް ގެންނާނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރު ވިދާޅުވީ ތަހުގީގަކީ ދިވެހި ފުލުހުން ހިންގާ ތަހުގީގެއް ކަމަާއި މިއީ އެހެން ބަޔަކު ހިންގާ ތަހުގީގެއް ނޫނ ކަމަށާއިި ރާއްޖެއިން ބޭރުން ވަޑައިގެންނެވި ބޭފުޅުން ކުށުގެ ވެހި ބަލައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފްބީއައި އިން ބުނާ ކަމަށް ވޯލް ސްޓްރީޓްގައި ޖަހާފައިވާ ކަމަށް ރިޕޯޓެއް ޖަހާފައިވާ ކަމަށާއި ނަމަވެސް އެއްޗެއް ގޮއްވާލި ކަމަށް އެފްބީއައި އިންކާރެއް ނުކުރާ ކަމަށެވެ. އެފްބީއައިގެ ރިޕޯޓްގައި ބޮމެއް ހަރުކޮށްފައެއް ނެތޭ އަދި ބޮމެއް ގޮވާފައެއް ނެތެކޭ ވެސްބުނެފައި ނުވާ ކަމަށާއި ބުނެފައި އޮތީ ޔަގީން ކަމާ އެކު ބުނެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެއީ އެކަހަލަ ރިޕޯޓްތައް ހުންނަ ގޮތް ކަމަށާއި އެކަމަކާ ހައިރާންވެ ވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ހަމައެކަނި ބުނެފައި އޮތީ ކާފީ ސައްހަ ހެކި، ޔަގީން ކަމަށް ބުނާ ވަރަށް ހެކި ލިބިފައެއް ނެތޭ. ހަމަ އެ ނޭވާގައި ފިއުލް އެއާ އެކްސްޕްލޯޝަނަކަށް ނުވާނެއެކޭ ނުބުނެވޭނޭ. މިއީ ކެމިކަލެއް ބޭނުންކޮށްގެން ގޮއްވާލާ ގޮއްވާލުމެއް. މިއީ ހުރިހާ ތަހުގީގެއްގައި ވެސް މިކަން އޮންނަ ގޮތް. ފޮރެންސިކް އެއްވެސް ބަޔަކު ނުބުނާނެ ކަނޑައެޅިގެން މިހެނެއް" އުމަރ ނަސީރު ވިދާޅުވި އެވެ މިނިސްޓަރު އަދި ވިދާޅުވީ އެފްބީއައި ރިޕޯޓް ލިބުނީ ރޭގައި ކަމަށެވެ. އޭރު ވޯޅްސްޓްރީޓް ޖާނަލްގައި އެފްބީއައިއާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މިއީ ހަނދުބެލުން ކަހަލަ ކަމެއް. ހއ. ކެލަ އަށް ހަނދު ފެނިފައި ވަށަފަރަށް ހަނދު ނުފެނުމަކީ ހަނދުނު ނުފެނުމެއް ނޫން. އެއީ ހަނދު ސާބިތުވުން. އެހެންވީމަ، އެމެރިކާގެ ސާމްޕަލްތަކުން ނުފެނި، ސައުދީގެ ޓީމުން ގެންދިޔަ ހަ ސާމްޕަލުން އެއް ސާމްޕަލުން ފެނުމަކީ ހަމަ ފެނުން،"

އުމަރު ވިދާޅުވީ ލޯންޗުގެ ވީއައިޕީގެ ސީޓްގެ ފަހަތުގައި އެކްސްޕްލޯސިވް ހަރުކޮށްފައި ހުރި ކަމަށާއި މިއަދު ދެއްކި ފޮޓޯޓަކަކީ ގޮވާފައި އޮތް ފަހުންް ނަގާފައިވާ ފޮޓޯތަކެއް ކަމަށާއި އެކްސްޕލޯސިވް ހަރުކޮށްފައި ހުރީ ރައީސް އިންނަވާ ގޮނޑިކޮޅު ކައިރިން ބިތްދޮށުގައި ހުރި ފިލައެއްގައި ކަމަށެވެ މި ހަމަލާގެ ސަބަބުން ރައީސްގެ ގޮނޑިކޮޅުގެ ފޫ ވަނީ ވެއްޓިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކިއެކި ތަންތަނުގައި ބުރައިގެން ދިޔަ އެއްޗެހި ތަތްވެފައި ހުރި ކަމަށާއި އެފަދަ ގޮތަކަށް އެ އެއްޗެހި ހުރީ ބާރުގަދަ ގޮވުމަކަށް ކަމަށް ވާތީ ކަމަށެވެ. އެތަކެތި ލޯންޗުގައި ހަރުކުރި އިރެއް އަދި ސާފު ކުރެވިފައި ނުވާ ކަމަށެވެ.

އުމަރު ވިދާޅުވީ ގޮއްވާލުމާއެކު އަލިފާންގަނޑެއް އުފެދުނު ކަމަށާއި އަލިފާންގަނޑު އުފެދުމާ އެކު ސިކުންތެއްގެ ބައިކުޅަބައިގެ ތެރޭގައި އަލިފާންގަނޑު ނިވުނުކަމަށެވެ. އަދި އެވަގުތު އެކިއެކި ތަންތަނުގައި ބުރައިގެން ދިޔަ އެއްޗެހި ތަތްވެފައި ހުރި ކަމަށް ދައްކާއިރު އެއާކކޮންޑިޝަން އިނީ އިންޖީނު ރޫމްގައި ކަމަށާއި އެތާނގައި ހުރީ އޭގެ ބްލޯވަރު ވެސް ފުނޑުފުނޑުވެފައިވާ ކަމަށެވެ.

މިހާރު ކުރިޔަށްދާ ބަލައި ފާސް ކުރުމުގައި މާލޭގެ ގެއިން ފިސްތޯލައެއް ފެނިފައިވާ ކަމަށާއި އެއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވި އެވެ.

ހައްޔަރުކޮށްފައިވާ ހާމިދު އިސްމާއިލް އާ ބެހޭ ގޮތުން ވިދާޅުވީ ހާމިދު މާލެ ވަޑައިގަތުމަށް ފޯނުން ދެންނެވި ކަމަާއި އެކަމަކު އޭނާ ގަސްތު ކުރެއްވީ މެލޭޝިޔާއިން އޮސްޓްރޭލިއާ އަށް ވަޑައިގަންނަވަން ކަމަށެވެ. އަދި އެކަމަށް ޓިކެޓް ވެސް ނަންްގަވާފައި އޮތުމުން ހައްޔަރުކޮށްގެން ގެނައީ ކަމަށެވެ.