ހަބަރު

ހާމިދު ސޭޓް ރާއްޖެ ގެނެސް ދޫނިދޫގައި ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތަށް މެލޭޝިޔާއިން ހައްޔަރު ކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓް) މިރޭ މާލެ ގެނެސް ދޫނިދޫގައި ހައްޔަރުކޮށްފި އެވެ.

އިންވެސްޓްމެންޓް ފޯރަމަށް ޗައިނާއަށް ވަޑައިގަތުމަށްފަހު އާއިލީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން އެއްގަމު މަގުން މެލޭޝިޔާއަށް ވަޑައިގެންނެވި ތަނުން މެލޭޝިޔާގެ ފުލުހުން ހައްޔަރު ކުރި ހާމީދު މިރޭ މާލެ ގެނައީ 7:55 ގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ ސްރީލަންކަން އެއާލައިންގެ ފްލައިޓަކުންނެވެ.

ހާމިދު މެލޭޝިޔާއިން ހިފެހެއްޓި ހަތަރު ދިވެހިން މެލޭޝިޔާގެ ފުލުހުން ވަނީ ދޫކޮށްލާފައެވެ. އެމީހުން މެލޭޝިޔާއިން ޑީޕޯޓް ކުރި ކަމަށް ބޭރުގެ ނޫސްތަކުގަ އާއި ރާއްޖޭގެ ބައެއް ނޫސްތަކުގައި ފެތުރި ހަބަރުތައް ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.

ހާމިދު ސިންގަޕޫރުގައި ހުންނެވުމަށްފަހު އެއްގަމު މަގުން މެލޭޝިޔާއަށް ދިޔަ ވަގުތު އޭނާއާއެކުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފާއި ޕީޕީއެސްމްގެ ޓީވީ ޕްރެޒެންޓަރަކު ހުރި ކަމަށް ބުނެ އެވެ. އެ ވާހަކަތައް ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ.

ފިނިފެންމާގައި ދިން ބޮމުގެ ހަމަލާއަށް ފަހު ސިފައިންނާއި ފުލުހުން ފަށާފައިވާ ޖޮއިންޓް އޮޕަރޭޝަންގައި ހާމިދު ދިރިއުޅުއްވާ މ. ޝުރާމަންޒިލް އަށް ތިން ފަހަރެއްގެ މަތިން ވަދެ، ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ތިން ފަަރުވެސް ގެންދިޔަ އެވެ. ހާމިދަކީ ބޮމުގެ ހަމަލާގެ ތުހުމަތު އެންމެ ބޮޑަށް ކުރެވި މިވަގުތު ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭބެއެކެވެ.