ހަބަރު

"ސްޓޮޕް އެންޑް ޝޮޕް" ފިހާރައިގެ ސީސީޓީވީ ފްޓޭޖް ގެންގޮސްފި

Oct 22, 2015
1

ނައިބު ރައީސް އަހުމަދު އަދީބުގެ އަނބިކަނބަލަކު އުޅުއްވާ ގ. ހުމަށިގޭގެ ތިރިން އަމީނީ މަގުގައި ހުންނަ "ސްޓޮޕް އެންޑް ޝޮޕް" ފިހާރައަށް ފުުލުހުން ވަދެ ގެންގޮސްފި އެވެ.

ރޭ ފުލުހުން ވަނީ ހުމަށީގޭގެ ސީސީޓީވީ ފޫޓެޖެއް ވެސް ގެންގޮސްފަ އެވެ. މިއިން އެއްވެސް މައްސަލައެއްގައި ފުލުހުން އެއްޗެއް ނުބުނެ އެވެ.

ރެއިން ފެށިގެން ހުމަށިގޭގެ އެ ބިލްޑިން ކައިރީ ފުލުހުން ފޯރިއަށް ބައިތިއްބާފައިވާއިރު ނައިބު ރައީސް އަދީބާ ގުޅުހުން ހުރި ބައެއް ތަންތަން ގެންދަނީ ބަލައި ފާސް ކުރަމުންނެވެ. އަދި އެފަދަ ބައެއް ތަންތަނުގެ ސީސީޓީވީ ފުޓޭޖް ވެސް ދަނީ ނަގަމުންނެވެ.

ނައިބު ރައީސްގެ ފްލެޓެއް ހުންނަ ކަމަށް ބުނާ ރެހެންދި 2 ގެ ސީސީޓީވީ ފްޓޭޖްތަކެއް ގެންގޮސްފައިވާއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިންމަނިކު އުޅުއްވާ މޫންލިޓް ވިލާގެ ސީސީޓީވ ތަކެއް ވެސް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން އަދީބުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހާމިދު އިސްމާއިލް ދިރިއުޅުއްވާ މ. ޝުރާ މަންޒިލް އާއި އަދީބުގެ ގާތް ބޭފުޅެއް ކަމަށްވާ އަބްދުﷲ ޒިޔަތު އުޅުއްވާ ހ. ހިޔާކޯޅި ބަލައި ފާސް ކޮށްފައިވާއިރު އޭނާގެ ބެލުމުގެ ދަށުގައި އޮތް އޭނާ މެނޭޖިން ޑިރެކްޓަރުކަމުގައި ވެސް ހުންނެވި އެމްއެމްޕީއާރްސީ ވެސް ވަނީ ބަލައި ފާސްކޮށްފައެވެ. އެ އޮފީސް މިހާރު ވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކޮށްފައެވެ. (ތަފުސީލް އަންނަނީ)