ހަބަރު

ވޯލްޑް އެކްސްޕޯގައި ބައިވެރިވާން ހުޅުވައިލައިފި


މި އަހަރު ބާއްވާ ވޯލްޑް އެކްސްޕޯގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ. މި އަހަރު މި އެކްސްޕޯ އޮންނާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީ ގައެވެ. މިއީ ރާއްޖެއިން މި އެކްސްޕޯގައި ބައިވެރިވާ ހަތަރުވަނަ ފަހަރެވެ.

މި އަހަރު އޮކްޓޯބަރު މަހު ބާއްވަން އޮތް މި އެކްސްޕޯ ކޮވިޑާ ހެދި ނުބޭއްވުނު ކަމުގައި ވިޔަސް އައްނަ އޮކްޓޯބަރުގައި އެކްސްޕޯ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

ވޯލްޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތަކާއި މަސައްކަތްތައް ކުރަމުން އަންނަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އިސްވެ، މިނިސްޓރީ އޮފް ޓޫރިޒަމް އާ ގުޅިގެންނެވެ.

ގާތްގަނޑަކަށް 25 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވާ މި އެކްސްޕޯޯގައި 193 ގައުމަކުން ބައިވެރިވާނެ އެވެ. މި އެކްސްޕޯއިން ރާއްޖޭގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓް ވާނެ އެވެ.