LIVE UPDATES

މޮޅު ބަތޮލަކަށް ޔޫއްޕެ، ބަތޮލާއަކަށް ނިއުމާ، މޮޅު ފިލްމަކަށް ހެޕީބާތުޑޭ

  • "ހެޕީ ބާތުޑޭ" އަށް 5 އެވޯޑް
  • "ނިއުމާ" އަށް 5 އެވޯޑް
  • "ޔޫސުފު" އަށް 4 އެވޯޑް

ޝަރަފްވެރި ގައުމީ ފިލްމު އެވޯޑްސްގެ ކުލަގަދަ ހަފުލާ ރެޑް ކާޕެޓް މަރުހަބާއަކުން ދެންމެއަކު ފަށައިފި އެވެ. ގައުމީ ފިލްމު އެވޯޑްސް އެނބުރި މި އައީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އަދި މިއީ މިގޮތަށް ބާއްވާ ހަ ވަނަ ގައުމީ ފިލްމު އެވޯޑްސް އެވެ.

އެންމެ ފަހުން މި އެވޯޑް ދިނީ 2008 ވަނަ އަހަރު އެވެ. އެފަހަރުގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައި ވަނީ އަހުމަދު ނިމާލް ޑައިރެކްޓްކުރި "ވާލޯބި އެނގޭނަމަ" އެވެ. އެ ފިލްމު 12 އެވޯޑް ގެންދިޔައިރު މި ފިލްމު އެވޯޑްސްގައި ދެން މި އަދަދަށް އެވޯޑް ކާމިޔާބުކޮށްފައި ވަނީ ފިލްމު "އަމާނާތް" އެވެ.

ގައުމީ ފިލްމު އެވޯޑްސް ތައާރަފްކޮށްފައި ވަނީ 1995 ވަނަ އަހަރު އެވެ.

މިރޭ ކުރިއަށް ދާ ގައުމީ އެވޯޑްސްގައި ވާދަކުރަނީ 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ދެމެދު ނެރެފައިވާ ފީޗާ ފިލްމުތަކާއި ކުރު ފިލްމުތަކެވެ. އެގޮތުން ނުވަ ފީޗާ ފިލްމެއް އެވޯޑް ރޭހުގައި ވާދަކުރާއިރު 23 ކެޓަގަރީއަކުން ފީޗާ ފިލްމުތަކަށް އެވޯޑް ދޭނެ އެވެ. އެއަށް ފަހު އެންމެ މޮޅު ކުރު ފިލްމު ވެސް ހޮވާނެ އެވެ.

މިފަހަރުގެ ޖަޖުންނަކީ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ޓެޑްރީ މުހައްމަދު ނިޔާޒު އާއި އަހުމަދު ފަހުދު އަދި އަލި މަނިކު އާއި އަހުމަދު ޒަރީރު އަދި އަޝްރަފް އަބްދުލް ރަހީމް އާއި ފާތުމަތު ލީޒާ އެވެ. އެވޯޑަށް ނޮމިނޭޓްވެފައިވާ ބައެއް ފަރާތްތަކުން ޖަޖުންނާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ "ޔޫސުފް" ގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ އެވެ. އެވޯޑެއް ލިބިދާނެ ކަމަށް އުއްމީދުނުކުރާ ކަމަށް ނަހުލާ ބުނެފައިވާއިރު ޖަޖުންގެ ޕެނަލްގައި އޭނާގެ އެންމެ ވާދަވެރި އަދި އެއް އިރެއްގައި ފިލްމީ ދާއިރާ އިން އޭނާގެ ޒާތީ ދުޝްމަނަކަށް ބަދަލުވެގެން ދިޔަ ޓެޑްރީ ހިމެނޭކަން ފާހަގަކޮށްލެވެ އެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކުރަނީ:

ހެޕީ ބާތު ޑޭ
ޔޫސުފް
ވީރާނާ
ޒަލްޒަލާ އެނބުރިއައުން
ނިއުމާ

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް ވާދަކުރަނީ:

ނިއުމާ މުހައްމަދު (ފިލްމު ނިއުމާ)
އަހުމަދު ނިމާލް (ފިލްމު ޒަލްޒަލާ އެނބުރިއައުން)
މޫމިން ފުއާދު (ހެޕީ ބާތުޑޭ)
ފާތިމަތު ނަހުލާ (ފިލްމު ޔޫސުފް)
އައިޝަތު ރިޝްމީ (ފިލްމު ފަނާ)

އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރަނީ:

ޔޫސުފް ޝަފީއު (ހެޕީ ބާތުޑޭ)
ޔޫސުފް ޝަފީއު (ޔޫސުފް)
ޔޫސުފް ޝަފީއު (ވީރާނާ)
އަހުމަދު ނިމާލް (ނިއުމާ)
އަހުމަދު އަޒްމީން (ފަނާ)

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ވާދަކުރަނީ:

ނިއުމާ މުހައްމަދު (ނިއުމާ)
ނިއުމާ މުހައްމަދު (ހިތްރޮއްވާނުލާ)
ނިއުމާ މުހައްމަދު (ޔޫސުފް)
އައިމިނަތު ރަޝީދާ (ފަނާ)
ޝީލާ ނަޖީބު (ޒަލްޒަލާ އެނބުރިއައުން)

އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ވާދަކުރަނީ:

މުހައްމަދު މަނިކު (ޒަލްޒަލާ އެނބުރި އައުން)
އަބްދުﷲ މުއާޒް (ނިއުމާ)
އަލީ ސީޒަން (ދިން ވޭނުގެ ހިތާމައިގައި)
އަހްމަދު ނިމާލް (ޔޫސުފް)
އަހްމަދު ލީސް އާސިމް (ޔޫސުފް)

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑަށް ވާދަކުރަނީ:

އައިޝަތު ރިޝްމީ (ފަނާ)
ޝީލާ ނަޖީބް (ނިއުމާ)
އާމިނަތު ރަޝީދާ (ނިއުމާ)
އާމިނަތު ސާމިޔާ (ވީރާނާ)
ޝީލާ ނަޖީބު (ހެޔޮނުވާނެ)