ފިނިޕޭޖް

"ނީނާ"ގެ ފައިނަލް ޓްރެއިލާ ދައްކާލައިފި

ނީނާގައި ނުޒުހަތު ފެނިގެންދާ ތިން ގޮތް
0%
0%
0%

އިލްޔާސް ވަހީދު (އިއްލެ) ޑައިރެކްޓް ކޮށްފައިވާ ދެވަނަ ފީޗާ ފިލްމު -- "ނީނާ"ގެ ފައިނަލް ޓްރެއިލާ ދައްކާލައިފި އެވެ.

މި ޓްރެއިލާ ޔޫޓިއުބަށް އަޕްލޯޑްކުރިތާ 23 ގަޑިއިރު ތެރޭގައި 1،100 މީހުން ބަލާފައިވެ އެވެ. މި ފލްމަކީ ހިތްވަރުގަދަ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.

އެއްމިނެޓާ 29 ސިކުންތުގެ މި ޓްރެއިލާގައި ބެލުންތެރިންގެ ޝައުގުވެރިކަން ހޯދާ ފަދަ ތަފާތު އެކި މަންޒަރުތައް ފެނިގެންދެ އެވެ.

ބަވަތި ފިލްމުގެ ޑައިރެކްޓަރު އިއްލެ ބެލުންތެރިންނަން ގެނެސްދޭ ނީނާ ލީޑް ކުރާ ތަރިންނަކީ ޝަރަފް އާއި ނުޒުހަތު ޝުއައިބް އެވެ


މި ފިލްމުގައި ޖުމައްޔިލް ނިމާލާއި، މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) ވެސް ވަރަށް ހާއްސަ ރޯލަކުން ފެނިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.

ކުރީގެ ކުޅަދާނަ ފިލްމީ ތަރި މަރިޔަމް ރަޝީދާ މި ފިލްމުން ފެނިގެން ދިއުމަކީވެސް ހާއްސަ ކަމެކެވެ. މި ފިލްމަށް މުޅިން އަލަށް ދެ ތަރިން ތައާރަފު ކުރާނެ އެވެ. މީގެ އިތުރުން "ބަވަތި"ން ފެނިގެންދިޔަ ބައެއް ތަރިން ވެސް ފެންނާނެ އެވެ

އޮލިމްޕަހުގައި އަންނަ މަހުގެ ހަވަނަ ދުވަހު އަޅުވާ ނީނާ ފިލްމުގެ ޕޯސްޓަރާއި ޓުރެއިލާ ޓީޒާ ވެސް ކުރިން ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345