ފިނިޕޭޖް

ދިވެހި ފިލްމު އެވޯޑްސް ފަސްކޮށްފި

އެންމެ ފަހުން ބޭއްވި ދިވެހި ފިލްމު އެވޯޑްސް ހަފްލާގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ދިވެހި ފިލްމު އެވޯޑްސް ފަސްކޮށްފި އެވެ.

ކުރިން މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ދިވެހި ފިލްމު އެވޯޑްސް ހަފްލާ ފަސްކޮށްފައިވާ ކަމަށް ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެ އެވެ.

އެވޯޑް ހަފްލާސް ފަސްކުރި ވަކި ސަބަބެއް އަދި ދެން މިހަފްލާ އޮންނާނެ ވަކި ދުވަހެއްވެސް އެންސީއޭ އަކުން ނުބުނެ އެވެ.

އެންސީއޭ އިން ބުނީ މިއަހަރުގެ އެވޯޑަށް ހުށަހެޅި ފިލްމުތައް ޖަޖްކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ދިވެހި ފިލްމު އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރަން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ބައިވެރި ކޮށްފައިވާ ފިލްމުތަކުގެ އަދަދެއްވެސް އަދި އެނގިފައެއް ނުވެ އެވެ.

މިއަހަރު އެވޯޑް ދޭނީ 2019 އިން 2022 އާއި ދެމެދުގައި ތައްޔާރުކޮށްފައިވާ ފިލްމުތަކަށެވެ.

ދިވެހި ފިލްމު އެވޯޑްސް އެންމެ ފަހުން ބާއްވާފައިވަނީ ނޮވެމްބަރު 15، 2019 ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345