ފިނިޕޭޖް

ފިލްމު އެވޯޑްސްގައި ފިލްމު ބައިވެރިކުރުމުގެ މުއްދަތު އިތުރުކޮށްފި

ކުރިއަށް އޮތް ފިލްމު އެވޯޑްސްގައި ފިލްމުތައް ބައިވެރިކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމު ކުރާ ފިލްމް އެވާޑްސްގައި ބައިވެރިކުރާ ފިލްމުތައް ހުށަހެޅުމުގެ މުއްދަތު އެންމެ ފުރަތަމަ ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުގެ އެދުމުގެ މަތިން އެވޯޑަށް ފިލްމުތަކުގެ ނަންތައް ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް ވަގުތު އިތުރުކޮށްފަ އެވެ.

މިއަހަރު ފިލްމު އެވޯޑްސްގެ ދިހަވަނަ ހަފްލާ ބޭއްވުމަށް ތައްޔާރުވަމުންދާއިރު މި ހަފްލާ ބާއްވާނެ ދުވަހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ.