ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 13،000 މީހުން ފަސޭހަވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 13،011 މީހަކު އެ ބަލީން ފަސޭހަ ވެއްޖެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ދިވެހިން 292 ދުވަސް ހޭދަ ކޮށްފައިވާއިރު މިހާތަނަށް 13,558 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އޭގެ ތެރެއިން 13،011 މީހަކު ވަނީ ކޮވިޑުން ރަނގަޅު ވެފަ އެވެ. އެއީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 96 ޕަސެންޓް މީހުންނެވެ.

ކޮވިޑުން ރަނގަޅު ނުވެ ތިބީ 1492 މީހުންނެވެ. އޭގެ ތެރެއިން 37 މީހަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑްގައި ރާއްޖެއިން 48 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި އެންމެ އުނދަގޫ ދުވަސްތަކަކީ އޮގަސްޓް މަހުގެ ދުވަސްތަކެވެ. އެ މަހު އެކަނިވެސް 3،900 މީހަކަށް ބަލި ޖެހުނެވެ. 12 މީހަކު މަރުވިއެވެ. ނަމަވެސް ސެޕްޓެންބަރުން ފެށިގެން އެ ނަންބަރު ވަނީ ދަށްވާން ފަށާފައެވެ. މިއަދު ޕޮޒިޓިވްވީ 21 މީހެކެވެ. މި ފަހުން ކޮންމެ ދުވަހަކުވެސް އަލަށް ޕޮޒިޓިވްވަމުންދަނީ މަދު އަދަދެއްގެ ބައެކެވެ. މި ދިޔަ ފަސްދޮޅަސް ދުވަސް ތެރޭ 100 އިން މައްޗަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު އެރީ އެންމެ ދުވަހަކުއެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅި ނަމަވެސް ކޮވިޑް ފެތުރޭ މިންވަރު ދަށަށްދާން ފެށުމުން ގިނަ ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. މާލޭގައި ހިންގަމުންދިޔަ ކާފިއުވެސް ވަނީ ހަތް މަހަށްފަހު އުވާލާފައެވެ. އަދި ކޮވިޑް ކަރަންޓީން މުއްދަތު މިހާރު ވަނީ 14 ދުވަހުން 10 ދުވަހަށް ކުރުކޮށްފައެވެ.