AVAS PHOTO ESSAY

އީރާނުގައި ކޮވިޑް މަރުގެ މީހުން ވަޅުލުން

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް ވައިރަސްގެ ސަބަބުން އެތަކެއް އާއިލާއެއް ދުނިޔެ އާއި ވަނީ އަލްވަދާއު ކިޔާފަ އެވެ. ބައެއް ގައުމު ތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލެވެން ނެތިގެން ތަފާތު މައްސަލަތައް ދިމާވަމުން ދެ އެވެ. އީރާންގެ އުތުރު ބިތުގައި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ދަތިކަން މިހާރު ވަނީ އިންތިހާޔަށް ބޮޑުވެފަ އެވެ.

އީރާންގެ ވާދީތަކުގެ ތެރޭގައިވާ އަލްބޯޒް ފަރުބަދަތައް ކަނޑަށް ފައިބާ ހިސާބުން އަލީ ރަހިމީ އޭނާގެ ހިތްދަތި މަސައްކަތް ފަށައެވެ. ދުވަހަކަށް ފަހު ދުވަހަކު އުމުރުން 53 އަހަރުގެ ރަހިމީ އޭނާގެ ހެޒްމެޓް ސޫޓް އެޅުމަށް ފަހު، މަރުވެފައިވާ މީހުން ބަލައިގަނެ އެވެ. އޭނާ އެ މައްޔިތުންގެ ހަށިތައް ދޮވެ، ޑިސްއިންފެކްޓް ކޮށް ކަފުން ކުރެ އެވެ. އީރާންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކޮރޯނާ ވައިރަސް މަރުތައް އައިސްފައި ވަނީ އެ ގައުމުގެ އުތުރުގައިވާ ދަނޑު ގޮވާންކުރާ، ޖަންގަލި އެކުލެވިގެންވާ މަޒަންދަރައިންނެވެ. މިއީ ވެރިރަށް ތެހެރާނާ ކާރުގެ މަގުން ހަތަރު ގަޑިއިރު ދުރުގައިވާ ތަނެކެވެ.

ދަތުރު ކުރުން މަނާ ކޮށްފައިވާ ނަމަވެސް، ބޮޑެތި ސިޓީތަކުން ދާ ޓޫރިސްޓުންގެ ފަރާތުން ވައިރަސްގެ އަސަރުވަނީ ހިތްފަސޭހަ ވާދީ އަށް ވަރަށް ބޮޑަށް ކޮށްފަ އެވެ. ޕެންޑެމިކްގެ ކުރީ ކޮޅު ސަރުކާރުން މައްޔިތުން ވަޅުލަން ޖެހިލުން ވިއެވެ. ނަމަވެސް ރަހިމީ އާއި އޭނާއަށް އެހީތެރިވެދޭ ބައިވެރިން ކޮވިޑްގެ ސަބަބުން މަރުވާ މީހުން ނުރައްކާ ނުވާ ގޮތަށް ކަފުންކޮށް މައްޔިތުންގެ ހަށިތައް އުފުލާނެ ގޮތްތައް ދަސް ކުރި އެވެ. މެންދުރު ނަމާދަށް ފަހު މައްޔިތާގެ އާއިލާތައް އެމްބިއުލާންސާއެކު ގަބުރުސްތާނަށް ދެއެވެ. ރަހިމީ އާއި އޭނާގެ ބައިވެރިން މައްޔިތާ ހިނަވާ ވަޅުލަން ތައްޔާރު ކުރެއެވެ. ސަލަމަތީ ފިޔަވަޅެއްގެ ގޮތުގައި ޑިސްއިންފެކްޓް ވެސް ކުރެއެވެ. އާއިލާ ތަކުގެ ފިރިހެން ވެރިން އަންގިއާއި މާސްކް އަޅައިގެން މައްޔިތާގެ ހަށިގަނޑު އުފުލައެވެ. އަދި އަންހެން ވެރިން ކަޅުހެދުން ލައިގެން ކަކޫ މައްޗަށް ތިރިވެ މަހާނަތައް ކައިރީ ރޮއެ ހަދައެވެ.

ރަހިމީ އޭނާގެ މަސައްކަތް ކުރަނީ އަވަހަށް އަދި މާޔޫސް ވުމެއްނެތި އެވެ. އޭނާ މައްޔިތާގެ ހަށިގަނޑު ހިނަވާ ކަފުންކޮށް އަވަހާ ވަޅުލައެވެ. ދުވަހުގެ މަސައްކަތް ނިމުމުން ރަހިމީ އޭނާ މަސައްކަތަށް ބޭނުން ކުރާ އާލާތްތައް ވެސް އެ ދުވަހުން އެދުވަށް އަންދާލަ އެވެ. -- ފޮޓޯތައް: އޭޕީ