ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

މަކުނުދޫން ކޮވިޑް މަރެއް، ނަންބަރު 297 އަށް

ކޮވިޑް-19 ބަލީގައި ދޮށީ އުމުރުގެ މީހަކު މަރުވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހަވީރު 5:40 ގައި މަރުވެފައިވަނީ 87 އަހަރުގެ މީހެއް ކަމަށެވެ. އެއީ ބަލި ވެގެން ފަރުވާއަށް މަކުނުދޫ ސިއްހީ މަރުކަޒަށް ގެންދިޔަ މީހެކެވެ.

މިއީ ރާއްޖޭގެ 297 ވަނަ ކޮވިޑް މަރެވެ.

ކޮވިޑް ބަލީގައި އިއްޔެވެސް ދެ މީހަކު މަރުވިއެވެ. އެއީވެސް ދޮށީ އުމުރުގެ ދެ މީހުންނެވެ. އެ ދެ މީހުންނަކީވެސް ށ އަތޮޅު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އައި ދެ މީހުންނެވެ.