ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 271 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ގދ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އޮތް މީހެކެވެ. އެ މީހާ މަރުވީ މިއަދު ހަވީރު 4:55 ގައެވެ.

މިއީ ރާއްޖޭގެ 271 ވަނަ ކޮވިޑް މަރެވެ. މި އަހަރުގެ ހަވަނަ މަރެވެ.

އޭގެ ތެރެއިން ހަތަރު މީހަކު މަރުވީ އެއް ދުވަހެއްގައެވެ. އެއީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކާއި 63 އަހަރުގެ ދިވެހި އަންހެނަކާއި 76 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކުވެސް މަރުވެފައެވެ. އޭގެ ތެރެއިން ދެ މީހުން މަރުވީ ލ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ. ދެން ހިމެނެނީ އައްޑޫ ކޮވިޑް ފެސިލިޓީގައި އޮތް މީހަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ.

މި މަހުގެ 23 ވަނަ ދުވަހުވެސް މި ބަލީގައި މީހަކު މަރުވިއެވެ. އެއީ އުމުރުން 42 އަަހަރުގެ ދިވެހި އަންހެނެކެވެ. އޭރު އެ މީހާއަށް ފަރުވާ ދެމުން އައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައެވެ.