ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާގެ ކޮވިޑް ނަންބަރުތައް އާންމުކުރުން ހުއްޓާލައިފި

ޗައިނާގައި ކޮވިޑް-19 އަށް ޕޮސިޓިވްވާ އަދި މި ބަލީގެ ސަބަބުން މަރުވާ މީހުންގެ ތަފާސްހިސާބުތައް އާންމުކުރުން ހުއްޓާލުމަށް އެ ގައުމުގެ ނެޝަނަލް ހެލްތް ކޮމިޝަން (އެންއެޗްސީ) އިން ނިންމައިފި އެވެ.

އެންއެޗްސީ އިން 2020 ވަނަ އަހަރު ވަރަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރަމުން ދިޔަ މި މަސައްކަތް ހުއްޓާލުމަށް ނިންމީ އިއްޔެގެ ވަގުތެއްގަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ސަރުކާރުން ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޅި ހަރުކަށި ފިޔަވަޅުތައް މިމަހު ކުރީކޮޅު އުވާލިފަހުން ޗައިނާގައި ކޮވިޑް ފެތުރެމުންދާ މިންވަރު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

ޗައިނާ އިން ކޮވިޑް 19ގެ ތަފާސްހިސާބުތައް ހާމަކުރުން ހުއްޓާލި ވަކި ސަބަބެއް އެ ގައުމުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ދިރާސާގެ ބޭނުމަށް ހާމަކުރަންޖެހޭ މައުލޫމާތެއް ހާމަކުރާނެ ކަމަށް ޗައިނާ ސަރުކާރުން ބުނެފައިވެ އެވެ.

ޗައިނާ އިން ހާމަކުރާ ކޮވިޑް 19ގެ ތަފާސްހިސާބުތަކުގެ ސައްހަ ކަމާ ދޭތެރޭ ބައިނަލްއަގްވާމީީ ބައެެއް ޖަމިއްޔާތަކުން މީގެކުރިންވެސް ޝައްކު އުފެއްދި އެެވެ.

ސިއްހީ ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި ޗައިނާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން 60 އިންސައްތަ މީހުންނަށް ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ކޮވިޑް 19 ޖެހޭނެ އެވެ. މީގެ ތެރެއިން ދެ މިލިއަން މީހުން ބަލީގައި މަރުވުން އެކަށީގެންވާ ކަމަށްވެސް މާހިރުން ގަބޫލުކުރެ އެވެ.